ހަމަހަމަ ބޯހިޔާވަހިކަމެއް ހޯދުމަށް ޖާބިރު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ހަމަހަމަ ބޯހިޔާވަހިކަމެއް ހޯދުމަށް ޖާބިރު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2022 10:39
0

ރާއްޖޭހެ ރައްޔިތުންނަށް ހަމަހަމަ ކަމާއިއެކު ބޯހިޔާވަހިކަން ހޯދައި ދިނުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ތިން މެމްބަރުންނެެވެ. ނުފެންނަކަަމށް 25 މެމްބަރުން އަދި ވަކި ކޮޅަކަށް އެއް މެމްބަރަކު ވޯޓެއް ނުދެއްވައެވެ. މިއީ މިވީ ދެ ދުވަސް ތެރޭގައި ބޭރުކޮށްލި ޖާބިރު ހުށަހެޅި 2 ވަނަ މައްސަލައެވެ.

ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ބުނީ އެއީ އަސާސީ ހައްގެއް ކަމަށާއި އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށް ގާނޫނުގައި ވެސް ސާފުކޮށް ބުނެފައިވާ ކަމަށެެވެ. ޖާބިރު ވިދާޅުވީ ސަރުކާރުން އެކުލަވާލައިފައިވާ ދަފްތަރުގެ ސިޔާސަތުގެ ސަބަބުން އެތައް ބައެއްގެ ގޯތި ގެދޮރުގެ ހައްގުން މަހުރޫމްވެގެންދާ ކަމަށެވެ. އަދި މާލޭގެ ދަރިއުޅޭ އެތައް ރައްޔިތުންނެއް ދަފުތަރުގައި ޖެހިފައި ނުވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ ވަކި ކަމެއް ޙާޞިލް ކުރަން ދަފްތަރުގައި ޖެހުން މަޖުބޫރު ކަމަކަށް ވެފައި އޮންނާތީ، އެއްވެސް ރައްޔިތަކަށް ބޯހިޔާ ވަހިކަމުގެ މިޙައްޤު ގެއްލިގެން ނުދާނޭހެން ހުރިހާ ރައްޔިތުންގެ މެދުގައި ހަމަ އުސޫލަކުން ރާއްޖެ ތެރޭ މީހެއް ނުވަތަ މާލޭ މީހެއް ތަފާތު ކުރުމެއް ނެތި ބޯހިޔާ ވަހި ކަމުގެ މިޙައްޤު ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ހަމަހަމަ އުސޫލަކުން ލިބޭނޭ ގޮތަކަށް ސަރުކާރުގެ ސިޔާސަތު އެކުލަވާލަންޖެހޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ަ ައައްޓަމަސް
ރަށްރަށުމީހުންނަށް ރަށްރަށުން ގޯތިދޭ މާލޭ މީހަކަށް ނުލިބޭ، މިބުނީ މާލޭގެ އާއްމު ރައްޔިތަށް ނުލިބޭ ވާހަކަ، ވީމައި ކީއްކުރާ ދަފުތަރެއް، ތީ އުމަރުޒާހިރު ދަނބިދަރި ޙަމީދު ޖައްސަންވެގެން ގަތްގަނޑެއް، މާލޭ ރައްވެހިންނަށް އެކަނި ލިބެން ޖެހޭނީ ދަފުތަރަކީ ފާރުމަތިން މާލެއަށް ފުންމާލި ބަޔެއް