ކަނޑުމަތިން 12 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

ކަނޑުމަތިން 12 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2022 10:18
0

ކަނޑުމަތީގައި ފުލުހުން ހިނގި އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަނޑުމަތިން މަސްތުވާތަކެއްޗާއެކު އުމުރުން 37 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި މީހާ އަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. އެކަމަކު އޭނާ ދޫވީ ކިހިނެއް ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.