އޮބަމާ ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

އޮބަމާ ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ގުޅުންހުރި

އެމެރިކާގެ ކުރޭގެ ރައީސް ބަރަކް އޮބާމާ ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އޮބާމާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި ކަރަށް ދަތުވުން ފިޔަވާ ކޯވިޑްގެ އެހެން އަލާމާތްތަކެއް ފެނިފައި ނުވާކަމަށާއި ހާލުވެސް ރަގަޅު ކަމުގައެވެ. އަދި ވިދާޅުވެފައިވަނީ އަނބިކަބަލުން މިޝެލް އޮބާއާއި ދެބޭފުޅުންވެސް ތިއްބެވީ ބޫސްޓަރ ޑޯޒްވެސް ޖައްސަވައިގެން ކަމަށެވެ. އަދި އަނބިކަބަލުން ކޯވިޑަށް ނެގެޓިވް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އޮބާމާ ވިދާޅުވެފައިވާ ގޮތުގައި ބޫސްޓަރ ޑޯޒްވެސް ޖައްސަވާފައި ވަނިކޮށް އޭނާވެސް ކޯވިޑަށް ޕޮޒިޓިވް ވުމުން ދޭހަ ކޮށްދެނީ، ކޯވިޑްގެ ނަމްބަރުތައް ދަށަށް ދިޔަނަމަވެސް ވެކްސިން ޖެހުމުގެ މުހިންމުކަން ކަމުގައެވެ.

ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން އެމެރިކާގައިވެސް ވަނީ ކޯވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ. މިގޮތުން ފާއިތުވެދިޔަ ހަފްތާގައި އެމެރިކާގައި އެވްރެޖްކޮށް ދުވާލަކު ޕޮޒިޓިވް ވެފައިވަނީ 35،000 މީހުންނެވެ. މިއީ ފާއިތުވި ޖެނުއަރީ މަހުގެ މެދުތެރޭގައި، ދުވާލަކަށް އެވްރެޖްކޮށް ޕޮޒިޓިވް ވަމުން އައިސްފައިވާ 800،000 މީހުންގެ ނިސްބަތާއި އަޅާ ބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

އެމެރިކާގެ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމެރިކާގެ ބޮޑެތި މީހުންގެ %75.5 މީހުންވަނީ ވެކްސިން ޖަހާފައެވެ. އަދި %47.7 މީހުންވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ