90ގެ އަހަރު ތަކުގައި ބޮލީވުޑްގައި ވިދި އެންމެ އަލިގަދަ ތަރި ޕޫޖާ ބަޓް ދުވަސްގަނޑެއް ވަންދެން މީހުންގެ ލޯތަކުން ފިލައިގެން އުޅުމަށް ފަހު އެބުރި އައިސް އޭނާގެ ޖާދޫ ދައްކުވައިލީ ވެބް ސީރީޒް "ބޮމްބޭ ބޭގަމް" އިންނެވެ.
މީހަރު އުމުރުން ދުވަސްވި ކަމުގައިވިޔަސް އޭނާގެ ރީތިކަން އަދިވެސް ފަނޑު ކޮށް ލެވޭވަރު ނުވެއެވެ. މަޑު މަޑުން އިންޑަސްޓްރީއަށް އެބުރި އައުމަށް ކުރާ މަސައްކަތުން ޕޫޖާ އަށް ވަނީ މަންމަ އެއްގެ ރޯލު ކުޅުމަށް ލިބިފައިއެވެ.
މި ފިލްމުގައި ޕޫޖާއަކީ އާދައިގެ މަންމައެއް ނޫނެވެ. ވަރަށް ވަރުގަދަ، މިނިވަން އަދި ބާރުގަދަ މަންމައެކެވެ. މި ފިލްމުގައި ޕޫޖާއަށް ކުރިމަތިލާން ޖެހެނީ ވަރަށް ތަފާތު ބޮޑު މައްސަލަ އަކާ އެވެ. ކައިވެންޏަކާ ނުލައި ދަރިފުޅު ބަލިވެ އިނުމުން ދިމާވާ މައްސަލަ ތަކެއް ދައްކުވައިދޭ މި ފިލްމްގެ މަސައްކަތް އަންނަ ހަފްތާގައި މުމްބައިގައި ފަށާނެ ކަމަށް ވެއެވެ. އަދި ފިލްމް ކުރިއަށް ގެންދަނީ ރިއަލް ލޮކޭޝަން ތަކުގައި ކަމަށް ވެސް ވެއެވެ.
ޕޫޖާގެ މަގުބޫލު ފިލްމް ތަކުގެ ތެރޭގައި "ޖުނޫން" ޕެހެލާ ނަޝާ" "ދިލްހޭކި މާންތާ ނެހީ" އަދި "ޗާހަތް" ފަދަ ފިލްމްތަށް ފާހަގަ ކޮށްލެވއެވެ. އޭނާ ވަނީ ސާހު އަދި އާމިރު ފަދަ އޭލިސްޓް ގެ ތަރިންނާިއ އެކުގައި ފިލްމް ކުޅެފައިއެވެ. ޕޫޖާގެ ފިލްމީ ކެރިއަރު އެންމެ ބޮޑަށް ހަލާކުވީ އޭނާގެ އުޅުން ހުރިގޮތުންނެވެ.
ނަމަވެސް މި ހުނަރުވެރި ބަތަލާ ކުއްލިއަކަށް ސްކްރީނުން ގެއްލުނީއެވެ. ބަނގުރަލުގެ ވަބައިގައި ޖެހިގެން، އެކަމުން ސަލާމަތް ނުވެވި ގިނަ ދުވަސްތަކެއް ވުމުން ޕޫޖާގެ ފިލްމީ ކެރިއަރު މުޅިން ފުނޑުފުނޑުވީ އެވެ. ފަހުން ފިލްމު ޑައިރެކްޓް ކުރުމުގެ މަސައްކަތް ޕޫޖާ ކޮށްފައި ވެއެވެ.
މަސްތުގެ އާލަމުން ނުކުމެވުނު އިރު އޭނާ ބިނާކޮށްފައި އޮތް ކެރިއަރު އޮތީ މުޅިން ސުންނާފަތިވެ ބިމާ ހަމަވެފައިއެވެ. ނަމަވެސް ނަމަވެސް 50 އަހަރުގެ ބަތަލާ އަނެއްކައިވެސް އޭނާގެ ކެރިއަރު ކޮޅަށް ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ