އެއްވެސް ސަބަބެއްނެތި އިންޑިއާއިން ޝިއާން ހިފެހެއްޓިތާ 22 ގަޑިއިރަށްފަހު ޑީޕޯޓްކޮށްލައިފި

އެއްވެސް ސަބަބެއްނެތި އިންޑިއާއިން ޝިއާން ހިފެހެއްޓިތާ 22 ގަޑިއިރަށްފަހު ޑީޕޯޓްކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
08 މާރޗް 2022 04:06
0

އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ދަތުރުކުރި ދިވެއްސަކު ގާތްގަނޑަކަށް 22 ގަޑިއިރު ބެންގަލޫރު އެއާޕޯޓުގައި ހިފެހެއްޓުމަށްފަހު ޑީޕޯޓްކޮށްލައިފިއެވެ.

ނިއުދިއްލީއަށް ކުރަމުންދާ ދަތުރެއްގައި ބެންގަލޫރުގެ އެއާޕޯޓުން ޓްރާންސިޓް ކުރަން އުޅުމުގެ ތެރޭގައި އެ އެއާޕޯޓުން ހިފެހެއްޓީ ވެމްކޯގެ އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ހ. ހެދޭތުނޑި، ޝިއާން ޝަފީއުއެވެ.
ޝިޔާން އިއްޔެ މެންދުރު 12:00 ހާއިރު ރާއްޖެއިން ފުރީ ބެންގަލޫރާއި ރައިޕޫރުގައި ޓްރާންސިޓް ކުރުމަށްފަހު ނިއުދިއްލީއަށް ދިއުމަށެވެ.

އިއްޔެ ހަވީރު ބެންގަލޫރު އެއާޕޯޓުން އޭނާ ހިފެހައްޓައިގެން ގެންގުޅުމަށްފަހު މިހާރު ޑީޕޯޓް ކޮށްލަން ނިންމާފައިވާ ކަމަށް އަންގާފައިވާ ޝިޔާން ވަނީ މައުލޫމާތު ދީފައެވެ. ޝިޔާން ބުނީ އޭނާ ހިފެހެއްޓި ސަބަބު އެމީހުން ސާފުކޮށްދީފައި ނުވާ ކަމަށެވެ. ހަމައެކަނި އޮފިޝަލުންގެ ފަރާތުން ބުނެފައިވަނީ އޭނާ ހިފަހައްޓާފައި ވަނީ ރާއްޖެއިން އެދިގެން ކަމަށެވެ.

އެއާޕޯޓުން ހިފެހެއްޓި ފަހުން ރޭ 7:00 ޖަހަންދެން އޭނާ ބޭންދީ ގޮނޑިއެއްގައި ކަމަށާއި އޭގެ ފަހުން ކޮޓަރިއަކަށް ގެންދިޔަ ކަމަށެވެ. ކޮޓަރި ދޮރުމަތީގައި ގާޑުކޮށްގެން އޮފިސަރުން އަބަދު ތިބި ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެކަމަކު އަދިވެސް އޭނާ ހިފެހެއްޓި ސަބަބު އެމީހުން ސާފުކޮށްދީފައި ނުވާ ކަމަށް ޝިއާން ބުނެފައިވެއެވެ.

ޝިޔާން މިހާރު ރާއްޖެ އައިސްފައިވާއިރު، 25،000 ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް ބުންޏެވެ. ދެކޮޅު ޓިކެޓާއި ހޮޓެލް އަށް ފައިސާ ދައްކާފައިވާ ކަމަށާއި، އެ ފައިސާ އަނބުރާ ލިބޭނެ ގޮތެއް ނުވި ކަމަށްވެސް ބުންޏެވެ.

އޭނާވަނީ ރާއްޖެއާއި އިންޑިއާއި އޮތް ގުޅުމަކީ މިއީތޯ ސުވާލު އުފައްދައި، ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފައެވެ. މިސަރުކާރުން ވެރިކަމަށް އައިފަހުން ރާއްޖެއާއި އިންޑިއާއި އޮތް ގުޅުން ވަރަށް ބޮޑަށް ވަނީ ބަދަހިވެފައެވެ. ނަމަވެސް މިފަދަ ދަތިތަކާއިހެދި ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކީއްކުރަން އިންޑިއާ އަށްދަނީ (އިންޑިއާ އައުޓް)
ޢ ޢާލް
އިނޑިޔާ އައުޓް ހަމަ