ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 2 މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލްނާކޮށްފައިވަނީ، ކ. މާލެ / މއ. ރާގުންޑާގެ، އަޙްމަދު ޝިފާން (46އ) އާއި، ކ. މާލެ / ގ. ހެރެތެރެ، ޔޫސުފް ޝަހީދު (38އ) އެވެ.
އަޙްމަދު ޝިފާން ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2022 މާރިޗު 10 ވަނަ ދުވަހުގެ 13:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ޔޫސުފް ޝަހީދު ހޯދަމުންދަނީ ފެމިލީ ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ސާބިތު ދަރަނީގެ ފައިސާ ދައްކަމުންނުދާތީ ހުކުމް ތަންފީޛުކުރުމަށް އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2022 މާރިޗު 10 ވަނަ ދުވަހުގެ 08:45 އަށް ފެމިލީ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މި ދެމީހުންނާއި، ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.