ފިޝަރީޒް މިނިސްޓްރީއަށް އިތުރު ނައިބެއް

ފިޝަރީޒް މިނިސްޓްރީއަށް އިތުރު ނައިބެއް

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2022 08:39
0

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމަށް އިތުރު ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވީ އަޙްމަދު ފާތިޙްއެވެ.

އަޙްމަދު ފާތިޙް ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގައި ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް ކެމިސްޓްރީ ފުރިހަމަކުރައްވާފައެވެ. މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަޙްމަދު ފާތިޙް ވަނީ އެއަރޕޯޓުގެ އިމިގްރޭޝަން އޮފިސަރެއްގެ މަގާމު ފުރުއްވާފައެވެ.

ފިޝަރީޒް މިނިސްޓްރީގައި މިހާރުވެސް އިތުރު 2 ނައިބުން ތިއްބަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.