ބެލްޖިއަމަށާއި ވިލާތުގެ އިއްތިޙާދަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ.ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު އަދި ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށްގ.ފިޔާތޮށިގެ ޙަސަން ޞާބިރު އައްޔަންކުރެއްވުމަށް މަޖިލީހުން ރުހުން ދީފިއެވެ.
ބެލްޖިއަމަށާއި ވިލާތުގެ އިއްތިޙާދަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ.ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު އައްޔަން ކުރުމަށް މަޖިލީހުން ފާސްވީ 58 މެމްބަރުންގެ ވޯޓުންނެވެ. ޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޙަސަން ޞާބިރު އައްޔަންކުރެއްވުމަށް ފާސްވީ 58 މެމްބަރުންނެވެ.
ބެލްޖިއަމަށާއި ވިލާތުގެ އިއްތިޙާދަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ.ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު މިހާތަނަށް ހުންނެވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަމުގެ މަޤާމުގައެވެ. ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށްގ.ފިޔާތޮށިގެ ޙަސަން ޞާބިރު މިހާތަނަށް ހުންނެވީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަޤާމުގައެވެ.
ޢުމަރު ޢަބްދުއްރައްޒާޤަކީ، އޮސްޓްރޭލިއާގެ އެޑިތް ކޮވިން ޔުނިވަރސިޓީއިން މަރސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ ކުރިން ސަރުކާރުގެ އިސް ބައެއް މަޤާމުތައް ފުރުއްވާފައިވެއެވެ. މީގެ އިތުރުން ޙަސަން ޞާބިރަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.
އަދި މީގެ އިތުރުން އެމަނކިފާނު ވަނީ އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް ހާސިލުކުރައްވައި، އިންޑިޔާއިން ބެޗެލަރ އޮފް ކޮމަރސް ހާސިލުކުރައްވާފައެވެ. ޙަސަން ޞާބިރަކީ ދިވެހި ޚާރިޖިއްޔާގައި ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ވަޒީރުކަންވެސް ކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ