ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާއިން ފަހަތުން އަރައި އެލްޗޭ ބަލިކޮށް ލީގުގެ ތިން ވަނައަށް ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ، 1-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެލްޗޭ އިން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ ފަހު މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ، ފިޑެލް ޗާވެސްއެވެ. ނަމަވެސް ދެވަނަ ހާފް ފަށައިގެން 60 ވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ފެރާންއެވެ. މި މެޗުން ބާސެލޯނާ މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، މެމްފިސް ޑިޕާއިއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.
މި މެޗުން މޮޅުވެގެން ހޯދި 3 ޕޮއިންޓާއެކު ބާސެލޯނާ ލީގުގެ 3 ވަނައަށް ކުރިޔަށް ޖެހިލިއިރު، އެޓީމުން ވަނީ 26 މެޗުން 48 ޕޮއިންޓް ހޯދާފައެވެ. މި މެޗުން ބަލިވި އެލްޗޭ އޮތީ 27 މެޗުން ލިބުނު 29 ޕޮއިންޓާއެކު 14 ވަނައިގައެވެ.
ކޮމެންޓު ފޮނުވާ