ސޮސެއިޑާޑް މޮޅުވެ އެއްވަނަ ދަމަހައްޓައިފި

ސޮސެއިޑާޑް މޮޅުވެ އެއްވަނަ ދަމަހައްޓައިފި

ސްޕެނިޝް ލަލީގާގައި ރެއާލް ސޮސެއިޑާޑް މޮޅުވެ ލީގުގެ އެއްވަނަ ދަމަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ގްރެނެޑާއާ ވާދަކޮށް ރެއާލް ސޮސެއިޑާޑް މެޗު ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ސޮސެއިޑާޑް އިން ނަޗޯ މޮނަރެއަލް ލަނޑެއް ޖަހާ ކުރި ހޯދާފައި ވަނިކޮށް ލީޑް އިތުރަށް ފުޅާކޮށްދިނީ މިކޭލް އޮޔަޒަބަލް ކާމިޔާބުކުރި ޕެނެލްޓީންނެވެ.

މެޗުގެ ދަވަނަ ހާފްގައި ސޮސެއިޑާޑް އަށް ފެނެލްޓީއެއް ލިބުނު ނަމަވެސް ވިލިއަމް ޖޯސޭއަށް ވަނީ ކާމިޔާބުކުރެވޭގޮތް ނުވެފައެވެ. މެޗު ނިމެން ތިންމިނިޓަށް ވެފައިވަނިކޮށް ސޮސެއިޑާޑްގެ ރޮބިން ލެ ނޯމަންޑަށް ވަނީ ރަތްކާޑު ދައްކާފައެވެ.

ލީގުގައި ވިޔަރެއާލް ވަނީ ގެޓާފޭ މައްޗަށް 3-1 ލަނޑުން ކުރި ހޯދާ ލީގުގައި އެޓީމުގެ މަގާމް ދިފާއުކޮއްފައެވެ. މިނަތީޖާ އެކު ސޮސެޑާޑް އެވަނައިގަ އޮތީ 9 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. 9 މެޗުން ވިޔަރެއާލް ލިބިފަވަނީ 18 ޕޮއިންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *