ހުސެއިން ޝަހީމްއާއި، އިލްޔާސްގެ އިންތިޚާބު މާދަމާ

ހުސެއިން ޝަހީމްއާއި، އިލްޔާސްގެ އިންތިޚާބު މާދަމާ

Author
މުޙައްމަދު ޝަޒައިމް
06 މާރޗް 2022 09:19
0

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިޚާބުގައި، ޑެޕިއުޓީ ލީޑަރުންގެ މަޤާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ވޯޓު އެއްވަރުވި ދެކެނޑިޑޭޓުންގެ މެދުގައި މާދަމާ ބޭއްވުމަށް ތާވަލު ކޮށްފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޑިޕިއުޓީ ލީޑަރުންގެ އިންތިޚާބުގައި ވޯޓު އެއްވަރުވީ، ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބްއެވެ. އަދުން ހުސެއިންއަށާއި އަދި އިލްޔާސް ލަބީބު، ކޮންމެ ބޭފުލަކަށްވެސް ލިބިފައިވަނީ 34 ވޯޓެވެ.

މިއިންތިޚާބުގެ ވޯޓުލުން އޮންނާނީ މާދަމާ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކަމުގައި އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިޚާބުގައި، އާލީ އާޒިމްއާއި ވާދަކޮށް އެމްޑީޕީގެ ޕީޖީ ލީޑަރުކަން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ކާމިޔާބުކޮށްފައެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުގެ އިންތިޚާބު އަސްލަމް ކާމިޔާބު ކުރައްވާފައި ވަނީ ޕީޖީ ގުރޫޕުގެ 40 މެމްބަރުންގެ ވޯޓު ހޯއްދަވައިގެންނެވެ. އަސްލަމްއާއި ވާދަކުރެއްވި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ލިބިފައިވަނީ 25 ވޯޓެވެ. ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ހޮވިފައިވަނީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.