ޔުވެންޓަސް އަދި އިންޓަމިލާނުން ފުއްދާލަން ޖެހުނީ 1 ޕޮއިންޓުން

ޔުވެންޓަސް އަދި އިންޓަމިލާނުން ފުއްދާލަން ޖެހުނީ 1 ޕޮއިންޓުން

އިޓާލިއަން ސެރިއާގައި ލާޒިޔޯ އާއި ޔުވެންޓަސް އެއްވަރުވި އިރު އިންޓަމިލާން އާއި އެޓްލާންޓާވެސް އެއްވަރުވެއްޖެއެވެ.

ޔުވެންޓަސް ރަށުންބޭރުގައި އެއްވަރުވީ 1-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަހާފްގެ 15ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ކާމިޔާބުކޮށްދީފަ ވަނިކޮށް ލާޒިޔޯއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގެ ވެސް ފަހު މިނިޓުގައި ފިލިޕޭ ސައިސެޑޯ ކާމިޔާބުކުރި ލަނޑުންނެވެ. ޔުވެންޓަސްގެ ރޮނާލްޑޯ ވާނީ މިސީޒަންގައި ސެރިއާގައި އެޓީމަށް ކުޅުނު ހަތަރު މެޗުގައި ވެސް ލަނޑުޖަހާފައެވެ.

ލީގުގައި އިންޓަމިލާނާއި އެޓްލާންޓާ ވާދަކުރި މެޗު ވެސް ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ ދަވަނަ ހާފްގައި ލަނޑުތައް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު އިންޓަމިލާނުން ޖެހީ ލައުޓަރޯ މާޓިނޭޒްއެވެ. މެޗުގެ ނަތީޖާ އެޓްލާންޓާއިން ހަމަހަމަކުރީ އެލްކްސޭ މިރްނަޗުކް ކާމިޔާބުކުރި ލަނޑުންނެވެ.

މިދެޓީމު އެއްވަރު ވުމުގެ ފައިދާނަގާ ރޯމާއިން ވަނީ ޖެނޯއާގެ މައްޗަށް ކުރި ހޯދާ ތާ ތާވަލުގެ ތިންވަނައަށް ކުރިޔަށްޖިހިލާފައެވެ. މެޗުގައި ރޯމާގެ ތިންލަނޑު ވެސް ކާމިޔާބުކުރީ ހެންރިކް މިކްތާރިއަންއެވެ. މިނަތީޖާއެކު ރޯމާއިން 7 މެޗުން 14 ޕޮއިންޓް ހޯދިއިރު ޔުވެންޓަސް ވަނީ 7 މެޗުން 13ޕޮއިންޓް ހޯދާފައެވެ. އިންޓަމިލާނަށް 7 މެޗުން ލިބުނީ 12 ޕޮއިންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *