ރޯދަމަހުގެ ރަސްމީ ގަޑި ކަނޑައަޅައިފި

ރޯދަމަހުގެ ރަސްމީ ގަޑި ކަނޑައަޅައިފި

Author
މުޙައްމަދު ޝަޒައިމް
06 މާރޗް 2022 11:03
0

ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފިއެވެ.

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެ ދުވަސްތަކުގައި މިވަގުތަކަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވަނީ އިދާރާތަކަށް އަންގަވާފައެވެ.

އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.