ކަރަން އައު 3 ތަރިން ތައާރަފް ކުރާ ފިލްމުގެ ޕޯސްޓަރު ދައްކައިލައިފި

ކަރަން އައު 3 ތަރިން ތައާރަފް ކުރާ ފިލްމުގެ ޕޯސްޓަރު ދައްކައިލައިފި

Author
ފާތިމަތު ނާވީ
06 މާރޗް 2022 07:45
0

ބޮލީވުޑަށް އައު ތަރިން ތައާރަފް ކުރާ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު އަނެއްކާވެސް އިތުރު 3 ތަރިއަކު ތައާރަފް ކުރުމަށް ތައްޔާރުވެއްޖެއެވެ.

ކަރަން ޖޯހަރުގެ ފިލްްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަނުން މިފަހަރު ތައާރަފު ކުރަނީ ލަކްޝްޔާ، ޝަނާޔާ ކަޕޫރް އަދި ގުރްފަތޭ ޕިރްޒާދާއެވެ.

ވަރަށް އަވަހަށް ޝޫޓިންގ ފެށުމަށް ތައްޔާރުވަމުން އަންނަ މި ފިލްމަކީ "ބޭދަޅަކް" އެވެ. ބެލެވޭ ގޮތުގައި މިއީ ލޯބީގެ ފިލްމެކެވެ. އަދި ފިލްމުގެ ފަސްޓް ލުކް ދައްކާލައިފާ ވާއިރު ފިލްމުގެ ޝޫޓިންގ ވަރަށް އަވަހަށް ފަށާނެއެވެ. "ބޭދަޅަކް" ލިޔެ، ޑައިރެކްޓްކުރަނީ ޝަޝާންކް ކައިތާންއެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

މިހާރު ވެސް ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބައެއް ތަރިންނަކީ ކަރަން ތައާރަފް ކުރި ތަރިންނެވެ. އޭގެ ތެރޭގައި އާލިއާ ބަޓް، ވަރުން ދަވަން، ސިދާތު މަލްހޮތުރާ، އަނައްނިޔާ ޕާންޑޭ، ތާރާ ސުތާރިއާ، އިޝާން ޚައްޓަރު އަދި ޖާންވީ ކަޕޫރް ފަދަ ޒުވާން ތަރިން ހިމެނެއެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.