ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދެމުންދާތާ 8 ދުވަސްވީފަހުން، އަދި ޔޫކުރެއިން ސިފައިންގެ ވަރުގަދަ ރައްދު ހަމަލާތަކާ ކުރިމަތި ލުމަށްފަހު، ރަޝިއާއިން ޔޫކުރެއިންގެ ޕޯޓު ސިޓީއެއް ކަމުގައިވާ ޚާސޮން އެގައުމުގެ އަސްކަރިއްޔާގެ ބާރުގެދަށަށް ގެނެސްފިއެވެ.
އެހެންނަމަވެސް، ރަޝިއާއިން 2014ވަނަ އަހަރު އެގައުމުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ޔޫކުރެއިންގެ ކްރައިމިއާއާއި ކައިރިގައި އިންނަ މި ސިޓީ ރަޝިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގޮސްފައިވި ނަމަވެސް، ޔޫކުރެއިންގެ އުތުރުން، އެގައުމުގެ ވެރިރަށް ކީވް އަދިވެސް ރަޝިއާއަށް ހިފިފައެއް ނުވެއެވެ. އަދި އުތުރުގެ ގިނަ ސަރަހައްދުތަކުގައި ޔޫކުރެއިންގެ ސިފައިންދަނީ ރަޝިއާގެ ސިފައިންނަށް ވަރުގަދަ ރައްދު ހަމަލާތައް ދެމުންނެވެ.
ރަޝިއާއިން ޔޫކުރެއިންގެ ޚާސޮން ސިޓީ އެގައުމުގެ އަސްކަރިއްޔާގެ ބާރުގެދަށަށް ގެންގޮސްފައިވާކަން މި ސިޓީގެ މޭޔަރު މީޑިއާތަކަށް ޔަގީން ކޮށްދީފައިވާއިރު، މިއީ އަދި މިހާތަނަށް މި ހަގުރާމާގައި ރަޝިއާއަށް އެގައުމުގެ ބާރުގެދަށަށް ގެންދެވިފައިވާ ބައިބޯކޮށް މީހުން އުޅެމުންދާ ހަމައެކަނި ސިޓީކަން ފާހަގަ ކޮށްލެވެއެވެ.
290،000 ހާސް މީހުން ދިރިއުޅޭ މިސިޓީގެ މޭޔަރު ވިދާޅުވެފައި ވާގޮތުގައި، އެނާ މިހާރު ގެންދަވަނީ، "ހަތިޔާރު އަޅާގެން ތިބި ގެސްޓުންނާ" މަޝްވަރާ ކުރައްވަމުން ކަމުގައެވެ. އަދި އޭނާ އިތުރަށް ވިދާޅުވެފައިވަނީ، ރަޝިއާ ސިފައިން މިހާރުވަނީ އެ ސިޓީގެ މަގުތަކުގައި ހަރަކާތްތެރި ވަމުން ކަމަށާއި، އަދި ރަޝިއާ ސިފައިން މިހާރު އެސިޓީގެ ކައުންސިލް އިމާރާތަށްވެސް ވަދެގެންފައި ވާކަމަށެވެ.
"އަހަރެންމެނަށް ދަނީ، މަރުވެފައިވާ މީހުން ވަޅުލުމާއި، ކާނާއާއި ބޭސް ފޯރުކޮށް ދިނުމާއި، އަދި ކުނިތައް ނައްތާލުމާއި، ވަމުންދާ އެކްސިޑެންޓައް މެނޭޖުކުރުމުގައި ބޮޑެތި ދަތިތައް ކުރުމަތިވަމުން،" އޭނާ ވިދާޅުވެފައި ވެއެވެ.
ޚާސަން ސިޓީގެ މޭޔަރު ވިދާޅުވެފައިވާ ގޮތުގައި، އިސްތިއުމާރީ ސިފައިންނަށް އޭނާ އެއްވެސް ކަމަކަށް ވައުދުވެފައި ނުވާނެއެވެ. އެހެންނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، މީހުންގެ ގަޔަށް ބަޑިޖަހާ މީހުން ނުމެރުމަށް އޭނާ ވާނީ އެދިފައެވެ. އަދި މުޅި ސިޓީގައި ކާފިއު ހިންގާފައި ވާނެކަމަށާއި، އަދި ދުއްވާ އެއްޗެހި ދުއްވުންވެސް މަނާ ކޮށްފައިވާނެ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ އޮންނާނީ ދުވާލު އެކަނިކަމަށާއި، ނިކުމެ އުޅޭއިރުންވެސް ގިނިކަންޏާ ނިކުމެ ނޫޅުމަށްވެސް މޭޔަރުވަނީ ސިޓީގެ ރައްޔިތުންނަށް އަންގަވާފައެވެ.
"އަދި ހުރިހާ ކަމެއްވެސް ދަނީ ރަގަޅަށް، ޔޫކުރެއިންގެ ދިދަ ދަނީ އަހަރެމެންގެ ބޯމަތީގައި ވިހުރެމުން. އަދި މި ދިދަ މިގޮތަށް ވިހުރެމުން ދިއުމަށްޓަކާ، މިކަންކަން ފުރިހަމަ ކުރަން އެބަޖެހޭ." އޭނާ އިތުރަށް ވިދާޅުވެފައިވެއެވެ.
ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ އުދުވާނީ ހަމަލާ ދެމުންދާތާ 8 ދުވަސް ވެފައިވާއިރު، ޚޮސާން ސިޓީއަކީ ރަޝިއާގެ ބާރުގެދަށް މިހާތަނަށް ގެނެވުނު ހަމައެކަނި ސިޓީއެވެ. މި ހަނގުރާމާގައި މިހާތަނަށް 1 މިލިއަން މީހުންވަނީ ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް އަވައްޓެރި ގައުމުތަކަށް ހިޖުރަ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ