އެންމެ ބޮޑު އަމާޒަކަށްވާނީ، ރައްޔިތުން އެދޭފަދަ ހިދުމަތެއް ފޯރުކޮށްދިނުން ކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވި އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުން ޙަސަން މުޣުނީ ވަކިކޮށް، އެ މަޤާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަޙްމަދު ޝަރީފް އައްޔަން ކުރައްވާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ކުންފުންޏާއި ހަވާލުވުމަށްފަހު ޝަރީފް ވަނީ ސްޓެލްކޯގެ މުވައްޒިފުންނާއި ރޭ ބައްދަލު ކުރައްވާފައެވެ.
ރޭގެ ބައްދަލުވުމުގައި ކުންފުނީގެ މުވައްޒިފުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވައި، ކުންފުނި ހަރުދަނާކޮށް ގެންނަން ބޭނުންވާ ބަދަލުތަކައި ހަމައަށް ވާސިލްވާނެކަމުގެ ޔަގީންކަން ޝަރީފް ވަނީ ދެއްވާފައެވެ. މަޤާމާއި ހަވާލުވެ އެންމެބޮޑު އަމާޒަކީ ރައްޔިތުން އެދޭފަދަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ތަސައްވުރާއި، މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ މަސައްކަތް ކޮށްދިނުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ވެރިޔަކަށް އޭނާ އައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އިރުޝާދުގެ ދަށުން ރައްޔިތުންނާއި ގާތުން ޚިދުމަތް ކޮށްދެއްވުމަށް ކަމަށެވެ. އަދި އަމާޒަކީ ރައީސްގެ ތަސައްވަރު ހާސިލް ކޮށްދެއްވުމަށް މަސައްކަތް ކުރުންކަަމށް ޝަރީފް ވިދާޅުވިއެވެ.
އަންގާރަ ދުވަހުގެ ރޭ މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމާއި @ShareefRangondi ހަވާލުވެވަޑައިގަތުމަށްފަހު މުވައްޒަފުންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވަނީ ރައީސް @ibusolih ގެ އިރުޝާދާއެކު ރައްޔިތުންނާއި ވީހާވެސް ގާތުން، pic.twitter.com/350PpZhLQX
— STELCO (@STELCOMALDIVES) March 2, 2022
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރކަމަށް އަލަށް އައްޔަނުކުރެއްވި އަޙްމަދު ޝަރީފަކީ މީގެކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޝަރީފު އައްޔަންކުރެއްވުމާއި ގުޅިގެން އެ ކޮމިޝަނުގެ ރައީސްގެ މަޤާމަށް އަޙްމަދު ޝަރީފް އިންތިޚާބު ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗްމަހުގެ 6 ވަނަ ދުވަހުގައެވެ. ނަމަވެސް މިދިޔައަހަރުގެ ޖޫންމަހުގެ 15 ވަނަ ދުވަހު ޝަރީފް ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމުން އަމިއްލަފުޅަށް އިސްތިއުފާދެއްވާފައެވެ. ޝަރީފް ވަނީ މީގެކުރިން ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުންވެސް ފުރުއްވާފައެވެ.
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. އެއީ ޗެއަރމަނާއި، މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރާއި 2 ޑިރެކްޓަރުންނެވެ.
ކޮމެންޓު ފޮނުވާ