މިފްކޯއަށް މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއަށް މަސްގަންނަ އަގު ބޮޑުކޮށްފި

Author
މުޙައްމަދު ޖިމީ
01 މާރޗް 2022 11:46
0

މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިފްކޯއިން ބޮޑުކޮށްފިއެވެ. މިފްކޯއިން ބުނީ މިއަދުން ފެށިގެން މިފްކޯގެ ސެންޓަރުތަކުން މަސްވެރިންގެ އަތުން މަސް ގަންނަމުންދާނީ ކިލޯއެއް 17 ރުފިޔާއަށް ކަމަށެވެ.

މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިފްކޯއިން ބޮޑުކޮށްފައިވާއިރު، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އަންނަ މާޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސްގަންނަ އަގު ބޮޑުވާނެކަމަށް ވިދާޅުވެފައެވެ. އަދި ދެން މިފްކޯއިން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިލޯއަކުން 1ރ ބޮޑުވުމުން، އެއީ ޓަނަކުން 1000ރ ގެ ބޮޑުވުމެއް ކަމަށެވެ. އަދި ކުރިއަށްއޮތްތާގައި މަހުގެ އަގަށް އިތުރު ހެޔޮ ބަދަލުތަކެއް ގެނައުމުގެ ވިސްނުން އެބަހުރި މިފްކޯއިން ބުންޏެވެ. މިފްކޯގެ އުފެއްދުންތަކަކީ ދިވެހިންގެ މެދުގައި މަޤްބޫލް އުފެއްދުންތަކެކެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.