ޤާސިމް އިބްރާހިމް ރައީސް ޞާލިހުއާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ގުއިރޯނަކު ނުޖެއްސޭނެ، ޖޭޕީ އޮތީ ދިވެހި ރައްޔިތުންނާއި ސަރުކާރާއިއެކު: ޤާސިމް

ގުއިރޯނަކު ނުޖެއްސޭނެ، ޖޭޕީ އޮތީ ދިވެހި ރައްޔިތުންނާއި ސަރުކާރާއިއެކު: ޤާސިމް

ގުޅުންހުރި

ޖުމްހޫރީ ޕާޓީއާއި އެޕާޓީގެ ލީޑަރާއި ގުޅޭގޮތުން ފަތުރަމުންދާ ވާހަތަކަކީ އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށާއި، ޖޭޕީ އޮތީ ސަރުކާރާއި ދިވެހި ރައްޔިތުންނާއި އެކުގައިކަަމަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ނަމުގައި ދައުރު ކުރަމުންދާ މެސެޖް ކުއްވެރިކޮށް ޤާސިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެ މެސެޖްގައިވަނީ ކަނޑައެޅިގެން ދޮގު ވާހަތަކެއްކަމަށެވެ. ޖުމްހޫރީ ޕާޓީން އެއްވެސް ހާލެއްގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި ދެކޮޅަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި، ޖޭޕީ އޮތީ ސަރުކާރާއި އެކުގައިކަމަށް ޤާސިމް ވިދާޅުވި އެވެ.

މިފަދަ ވާހަތައް ފަތުރާ މީހުންގެ އެންމެ ބޮޑު މަޤްސަދަކީ ޖުމްހޫރީ ޕާޓީއާއި މެދު އޮތް މަގުބޫލުކަން ކުޑަކޮށް ރައްޔިތުންގެ ތާއީދު ކުޑަކުރުންކަމަށް ޤާސިމް ވިދާޅުވިއެވެ. ނަމަވެސް މިފަދަ "ގުއިރޯނު" ގައި ޖުމްހޫރީ ޕާޓީ ނުޖެއްސޭނެކަމަށް ޤާސިމް ވިދާޅުވިއެވެ.

"ތިރީގައިވާ ޓްވީޓަކީ ޤާސިމް ކޮށްފައިވާ ޓްވީޓެއްނޫން. އަދި ޤާސިމްއާއި ޖޭޕީ އޮތީ ދިވެހި ރައްޔިތުންނާއި ސަރުކާރާއިއެކު. މިކަން ކޮށްފައި މިވަނީ ޤާސިމްއާއި ޖޭޕީއަށް ކުރާ ތާއީދު ގެއްލުވާލުމަށް. މި ޓްވީޓަކީ ބޮޑު އޮޅުވާލުމެއް. އެ ޓްވީޓަކީ ބަޔަކު މީހުން އުފައްދާފައިވާ މަކަރުވެރި ރޭވުމެއް. އެއީ ބޮޑު ދޮގެއް. އެބައެއްގެ ބޭނުމަކީ ޤާސިމްއާއި، ޖޭޕީ ގުއިރޯނުގައި ޖެއްސުން. އަދި އަޅުގަނޑުމެނާއި ސަރުކާރާއި ޖެއްސުން" ޤާސިމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޤާސިމްގެ ނަމުގައި ސޯޝަލް މީޑިޔާގައި ދައުރު ކުރަމުންދާ މެސެޖްގައި ވަނީ ކުރީގެ ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ މިއަދު ދިވެހި ޤައުމު ލަދުވެތި ވާންޖެހޭ ކަމެއްކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން އޮތީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުމަށް ތައްޔާރަށް ކަމުގައި ދައުރު ކުރަމުންދާ މެސެޖްގައި ވަނީ ބުނެފައެވެ.

"ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ މިއަދު ދިވެހި ޤައުމު ލަދުވެތިވާންޖެހޭ ކަމެއް. ރައީސް ޔާމީންއާއިއެކު މަޝްވަރާއަށްދާން ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް އިދިކޮޅު ފަރާތްތަކާއި ގުޅިގެން ޤައުމު ކުރިއަށް ގެންދެވުމަށް އެދެން" ޤާސިމްގެ ނަމުގައި ދައުރު ކުރި ޓްވީޓްގައި ވެއެވެ.

ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ދެވަނަ އަށް އެންމެ ބޮޑު ހިއްސާވާ ޕާޓީއެކެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ކޯލިޝަން ރޫޅާލައި ޖުމްހޫރީ ޕާޓީއާއި ކޯލިޝަންގެ އެހެން ޕާޓީތަކުގެ މެމްބަރުން މަޤާމުން ވަކިކޮށް އެމްޑީޕީގެ ސަރުކާރެއް އުފެއްދުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދަނީ ގޮވާލައްވަމުންނެވެ. ނަމަވެސް ކޯލިޝަން ރޫޅާލުމުގެ އެއްވެސް ވިސްނުން ފުޅެއް ނުގެން ގުޅުއްވާކަމަށް ރައީސް ޞާލިހު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *