ރަޝިއާގެ ނިއުކުލިއަރ ފައުޖުތައް ކުއްލި ހާލަތަށް ގެނެސްފި

ރަޝިއާގެ ނިއުކުލިއަރ ފައުޖުތައް ކުއްލި ހާލަތަށް ގެނެސްފި

Author
ހުސެއިން
27 ފެބްރުއަރީ 2022 07:57
0

ރަޝިއާގެ ނިއުކުލިއަރ ފައުޖުތައް ކުއްލި ހާލަތަށް އައުމަށް ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިން އަމުރު ކުރައްވައިފިއެވެ.

ރަޝިއާއިން އެގައުމުގެ ނިއުކުލިއަރ ފައުޖުތައް ކުއްލި ހާލަތަކަށް ގެނެސްފައިވާއިރު، އެގައުމުން ޔޫކުރެއިންއަށް އަރާ ދޭންފެށި އުދުވާނީ ހަމަލާތަކާއި ގުޅިގެން، ދުނިޔޭގެ 50 ގައުމަކުން މިހާރުވަނީ ރަޝިއާއި ދެކޮޅަށް އިގުތިސާދީގޮތުން ދަތި ކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ރަޝިއާގެ ބައެއް ބޭންކުތައް، ފައިސާ ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ ސުވިފްޓް ނެޓްވާރކުން ބޭރުކުރުންވެސް ހިމެނެއެވެ.

ރަޝިއާގެ ފައިނޭންޝަލް ސިސްޓަމް ދުނިޔޭގެ ފައިނޭންޝަން ސިސްޓަމާއި ވަކިކޮށް، އެއްވެސް ބާވަތެއްގެ ފައިސާގެ މުޢާމަމާތެއް ރަޝިއާގެ ކުންފުނިތަކާއި ރަޝިއާގެ ބޭންކުތަކުން ކުރުން ހުއްޓުވުމަކަށް ގަނައުމުގެ ގޮތުން، ސްވިފްޓް އިންޓަރނޭޝަނަލް ޕޭމަންޓު ސިސްޓަމުން ރަޝިއާ ބޭރުކުރުމަށްޓަކާ ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމަށް އެ ކުންފުނިން ތައްޔާރު ވަމުން ދާކަމުގައި ސުވިފްޓް (SWIFT) އިން މިއަދު ވަނީ ބުނެފައެވެ.

އިގިރޭސިވިލާތާއި އަދު ޔޫރަޕް އިންތިހާދުގެ ގައުމުތަކުން ރޭގެ ވަގުތެއްގައިވަނީ، ރަޝިއާ ސުވިފްޓް ނެޓްވާކުން ބޭރު ކުރުމަށް ނިންމާފައެވެ. އަދި މުޅި ދުނިޔޭގެ މާލީ ނިޒާމާއި ރަޝިއާއި އޮތް ގުޅުން ކަނޑުވާ ސުވިފްޓް އިންޓަރނޭޝަނަލް ބޭންކިން ސިސްޓަމާއި ރަޝިއާގެ ބޭންކުތަކާއި އޮތް ގުޅުން މި ނިންމުމާއިއެކު ކެނޑިގެން ދާނޭކަމަށްވެސް އިނގިރޭސި ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

"ޕުޓިން އޭނާގެ އުދުވާންގެ އަގު ދަންކަން ޖެހޭނެކަން އަހަރެމެން ޔަގީން ކުރާނަން." އިނގިރޭސި ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ.

އެމެރިކާ، ފްރާންސް، ކެނެޑާ، އިޓަލީ، އިންގިރޭސިވިލާތް އަދި ޔޫރަޕިއަން ކޮމިޝަންއިންވަނީ ހުރިހާ ގައުމުތަކެއް އެކުވެގެން ރަޝިއާ ސުވިފްޓުން ބޭރުކުރުމަށް ނިންމާފައެވެ. އަދި މި ގައުމުތަކުން ވަނީ، ރަޝިއާގެ ސެންޓްރަލް ބޭންކަށް، އެގައުމުގެ ފައިސާ ރުބެލްގެ އަގު ހިފެއްޓުމަށް ލިބިފައިވާ ގާބިލްކަން ދަށްކުރުމަށްވެސް ނިންމާފައެވެ.

ސޮސައިޓީ ފޯރ ވާރލްޑްވައިޑް އިންޓަރބޭންކު ފައިނޭންޝަލް ޓެލެކޮމިއުނިކޭޝަން (SWIFT) ނެޓްވާރކުން ރަޝިއާ ބޭރުކުރުމަކީ، ރަޝިއާއިން ދުނިޔޭގެ ގިނަ ގައުމުތަކާއެކީ ވިޔަފާރީގެގުޅުން ދެމެހެއްޓުން ހުއްޓުމަކަށް އައިސް، ރަޝިއާގެ އިގްތިސާދު ފުނޑުފުނޑު ވެގެންދާނޭ ވަރުގެ، އެގައުމަށް ދެވޭ ވަރުގަދަ އަދަބަކަށް ވެގެން ދާނެއެވެ. އަދި ޔޫރަޕްގެ ގައުމުތަކަކީ ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދުތަކަށް ވާއިރު، ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމުގައިވާ ޖަޕާންއިންވެސް ވަނީ އެގައުމުންވެސް ސުވިފްޓުން ރަޝިއާ ބޭރުކުރުމަށް ނިންމާފައިވާ ކަން ހާމަކޮށްފައެވެ.

ރަޝިއާއިން އެގައުމުގެ ނިއުލިއަރ ފޯރސް ކުއްލި ހާލަތަކަށް ގެނެސްފައިވާއިރު، އަވައްޓެރި ބެލަރޫސްގައި މަޝްވަރާ ކުރުމަށް ރަޝިއާއިން ހުށަހެޅި ހުށަހެޅުން ގަބޫލުނުކޮށް ރައްދުކުރުމަށްފަހު، ބެލަރޫސްއާއި ޔޫކުރެއިން ބޯޑަރު ކައިރީގައި ރަޝިއާއިއެކީ މަޝްވަރާގެ މޭޒަށް ދިއުމަށް ޔޫކުރެއިންގެ ރައީސް ވޮލޮޑޮލިރ ޒެލެންްކީ ވަނީ ނިންމަވާފައެވެ.

ޔޫކުރެއިން ހާމަ ކޮށްފައިވާ ގޮތުގައި، ޔޫކުރެއިންއާއި އިންވެގެން އޮތް ބެލަރޫސްގައި މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް އެގައުމުން ދެކޮޅު ހަދާފައިވަނީ، އެގައުމުގެ ސަރަހައްދު ޔޫކުރެއިންއަށް ހަމަލާ ދިނުމަށް ބޭނުން ކޮށްފައި ވުމާއި ގުޅިގެން ކަމުގައެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި، ބެލަރޫސްގެ ބޯޑަރު ކަރީގައި މަޝްވަރާތައް ބޭއްވުމަށް ރަޝިއާއިން ހުށަހެޅި ހުށަހެޅުމަށް ޔޫކުރެއިންގެ ރައީސް ޒެލެންސްކީވަނީ އެއްބަސް ވެވަޑައިގެންފައެވެ.

ޔޫކުރެއިންގެ އުދުވާން ފެށުމުގެ ކުރިން، ރަޝިއާގެ ނިއުކުލިއަރ ފައުޖުތަކުން ވަނީ ޚާއްސަ ޑްރިލްއެއް ބާއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.