ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާދޭން ފެށިތާ 4 ވަނަ ދުވަހަށް އަލިވިލާފައި ވާއިރު، ރަޝިއާއިން ޔޫކުރެއިންގެ ވެރިރަށް ހިފުމަށް ދެމުންދާ ވަރުގަދަ ހަމަލާތަކާއެކުވެސް، ޔޫކުރެއިންގެ ވެރިރަށް ޔަޝިއާގެ ބާރުގެ ދަށަށް ދިޔަނުދީ ޔޫކުރެއިން ސިފައިން ހިފަހައްޓާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ޔޫކުރެއިން ސިފައިންގެ ރައްދު ހަމަލާތަކާއެކު، ރަޝިއާއަށް އަދިވެސް ޔޫކުރެއިންގެ ވެރިރަށް އެގައުމުގެ އަސްކަރިއްޔާގެ ބާރުގެދަށަށް ގެނެވިފައި ނުވާއިރު، ރަޝިއާއިން މިހާރުވަނީ ކީވްގެ ކައިރީގައިވާ ތެޔޮ ކާރުޚާނާއަކަށް ހަމަލާދީ އެ ކާރުޚާނާ ފުނޑު ފުނޑު ކޮށްލާފައެވެ. އަދި ރަޝިއާގެ ސިފައިން ކީވްއާއި ދިމާލަށް ކުރިޔަށް ޖެހެމުން ދާއިރު، ކީވްގެ ރައްޔިތުން ބިންގަރާސްތަކުގައި ހިމާޔަތް ހޯދުމަށްވެސް އެގައުމުގެ ސަރުކާރުން ވަނީ އަންފާފައެވެ.

އަދި ޔޫއެންގެ އިންސާނީ އެހީދޭ އޭޖެންސީން ބުނެފައިވާ ގޮތުގައި، މިހާތަނަށް 240 އާންމު ރައްޔިތުންވަނީ މަރުވެ އަދި އަނިޔާ ލިބިފައެވެ. މީގެ ތެރޭގައި މަރުވި މީހުންގެ އަދަދުގެ ގޮތުގައި ހިނަމާފައިވަނީ 64 މީހުންނެވެ.
ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އަސްކަރީ ހަމަލާތައް އިތުރު ކޮށްފައިވާއިރު، ޔޫރަޕާއި އެމެރިކާއިން، އެންމެފަހުން ވަނީ، ރަޝިއާގެ ފައިނޭންޝަލް ސިސްޓަމް ދުނިޔޭގެ ފައިނޭންޝަން ސިސްޓަމާއި ވަކިކޮށް، އެއްވެސް ބާވަތެއްގެ ފައިސާގެ މުޢާމަމާތެއް ރަޝިއާގެ ކުންފުނިތަކާއި ރަޝިއާގެ ބޭންކުތަކުން ކުރުން ހުއްޓުވުމަކަށް ގަނައުމުގެ ގޮތުން، ސްވިފްޓް އިންޓަރނޭޝަނަލް ޕޭމަންޓު ސިސްޓަމުން ރަޝިއާ ބޭރުކުރުމަށް ނިންމާފައެވެ.
އަދި ސުވިފްޓުން (SWIFT) ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުން ނިންމާފައިވާ މިނިންމުން ތަންފީޒު ކުރުމަށް އެ ކުންފުނިން ތައްޔާރު ވަމުން ދާކަމުގައެވެ.
ސޮސައިޓީ ފޯރ ވާރލްޑްވައިޑް އިންޓަރބޭންކު ފައިނޭންޝަލް ޓެލެކޮމިއުނިކޭޝަން (SWIFT) ނެޓްވާރކުން ރަޝިއާ ބޭރުކުރުމަކީ، ރަޝިއާއިން ދުނިޔޭގެ ގިނަ ގައުމުތަކާއެކީ ވިޔަފާރީގެގުޅުން ދެމެހެއްޓުން ހުއްޓުމަކަށް އައިސް، ރަޝިއާގެ އިގްތިސާދު ފުނޑުފުނޑު ވެގެންދާނޭ ވަރުގެ، އެގައުމަށް ދެވޭ ވަރުގަދަ އަދަބަކަށް ވެގެން ދާނެއެވެ.
ޔޫއެންއެންއިން ބުނެފައިވާ ގޮތުގައި، ރަޝިއާގެ އުދުވާން ފެށުނުފަހުން، މިހާތަނަށް ޔޫކުރެއިންގެ 150،000 މީހުން އެގައުމު ދޫކޮށް ގޮސްފައިވާ ކަމުގައެވެ. އަދި ޔޫކުރެއިން އަވައްޓެރި ގައުމުތަކުން ދަނީ، ޔޫކުރެއިން އިން ހުޖުރަ ކުރާ މީހުންނަށް ވަގުތީ ބީހިޔާވަހިކަން ފޯރުކޮށް ދެމުންނެވެ.
ކޮމެންޓު ފޮނުވާ