ޓުވިޓަރ އަދި ފޭސްބުކްއިން ރަޝިއާ ސަރުކާރުގެ އިސްތިހާރުތައް އެ ޕްލެޓްފޯމުތަކުގައި ގެނެސްދިނުން ހުއްޓާލައިފި

ޓުވިޓަރ އަދި ފޭސްބުކްއިން ރަޝިއާ ސަރުކާރުގެ އިސްތިހާރުތައް އެ ޕްލެޓްފޯމުތަކުގައި ގެނެސްދިނުން ހުއްޓާލައިފި

ގުޅުންހުރި

ރަޝިއާއިން ޔޫކުރެއިންއަށް އަރާ، އެގައުމަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން، ރަޝިއާ ސަރުކާރުގެ އެއްވެސް އިސްތިހާރެއް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ގެނެސްދިނުން، ފޭސްބުކުގެ މައި ކުންފުނި ކަމުގައިވާ މެޓަ ޕްލެޓްފޯމް އިންކް އިންނާއި ޓުވިޓަރއިން ހުއްޓާލާއިފިއެވެ.

ޓުވިޓަރއިން ބުނެފައިވަނީ އެ ކުންފުނިން ރަޝިއާއި ޔޫކުރެއިންގައި އިސްތިހާރުތައް ނުދައްކާނެ ކަމަށާއި، އަދި ރަޝިއާއި ޔޫކުރެއިންގައި އިސްތިހާރު ދެކުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އޭގެ ބޭނުމެއް ކަމުގައި ޓުވިޓަރއިން ބުނެފައިވަނީ މިގޮތަށް ދައްކާ އިސްތހާރުތަކުން، ސޯޝަލް ނެޓްވާރކުގައި ފަތުރާ އާންމު ސަލާމަތާއި ގުޅުންހުރި މައުލޫމާތުތަކަށް ދޭ ސަމާލުކަން ކުޑަވެދާނެތީއެވެ.

ފޭސްބުގެ މައި ކުންފުނި މެޓަރގެ ސެކިއުރިޓީ ޕޮލިސީ ހެޑް ނަތަނިއެލް ގްލެއިޝަރ ވިދާޅުވި ގޮތުގައި، ރަޝިއާގެ ސްޓޭޓް މީޑިއާގައި އަދިވެސް ޚާއްސަ ލޭބަލެއް ފެންނާން ހުނާނެ ކަމުގައެވެ. އަދި މި ބަދަލުތައް މިހާރު ގެންނާން ފަށާފައިވާ ކަމުގައާއި އަންނަ ހަފްތާ ބަނދުގައި މިބަދަލުތައް އައިސް ނިމޭނެ ކަމަށެވެ.

ޓުވިޓަރއިން މީގެ ކުރިން ބުނެފައިވަނީ، ޔޫކުރެއިންގައި ހަގުރާމަ ކުރިޔަަށް ދާއިރު، މައްސަލަ އުފެދޭނެ ޒާތުގެ މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކާ، ޓުވިޓަރގެ ގައިޑްލައިންތަކާއި ޚިލާފުވާގޮތަށް ހުންނަ ބަސްމަގުތައް މިހާރުވެސް މޮނިޓަރ ކުރަމުން ދާކަމުގައެވެ.

ފޭސްބުކުއާއި އިންސްޓާގްރާމް ހިންގަމުންދާ މެޓަ ކުންފުނިން ބުނެފައިވަނީ އެކުންފުނިން ލޭބަލް ކޮށްފައިވާ ރަޝިއާގެ ސަރުކާރުން ކުންފުނިތަކުން ގެންނަ މައުލޫމާތުގެ ސައްޙަކަން ކަށަވަރު ކުރަމުންދާ ކަމުގައެވެ.

ރަޝިއާ ސަރުކާރުން ބުނެފައިވަނީ، ރަޝިއާ ސަރުކާރުން ގެނެސްދޭ މައުލޫމާތުތައް މެޓައިން ސެންސަރ ކުރަމުންދިއުމާއި ގުޅިގެން ރަޝިއާގައި ފޭސްބުކް ބޭނުން ކުރެވޭ މިންވަރު މަދުކުރުމަށް ނިންމާފައިވާ ކަމުގައެވެ.

މެޓައިން ބުނެފައިވަނީ ރަޝިއާއިން ފޭސްބުކް ބޭނުން ކުރެވޭ މިންވަރު އެގައުމުގައި ދަށް ކޮށްފައިވަނީ، އެގައުމުގެ ސަރުކާރުގެ މަައުލުމާތު ސެންސަރުކުރުން ހުޓާލުމަށް ރަޝިއާއިން އެދުނު އެދުމަށް އެ ކުންފުނިން ދެކޮޅު ހެދުމާއި ގުޅިގެން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ