އުމުރުން 15 އަހަރުފުރޭ ކޮންމެ ރައްޔިތަކަށް ބަޑިޖަހަން ދަސްކޮށްދޭންޖެހޭ: އިލްޔާސް

އުމުރުން 15 އަހަރުފުރޭ ކޮންމެ ރައްޔިތަކަށް ބަޑިޖަހަން ދަސްކޮށްދޭންޖެހޭ: އިލްޔާސް

Author
މުޙައްމަދު ޖިމީ
26 ފެބްރުއަރީ 2022 10:18
0

ސިޔާސީ ނުފޫޒުތަކުން ސަލާމްތެވެފައި އޮންނަ ވަރުގަދަ އަސްކަރިއްޔައެއް ރާއްޖޭގައި އޮންނަން ޖެހޭކަމަށް ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ އިލްޔާސް ހުސައިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބުމާއި ދެކޮޅަށް ކުރެއްވި ޓްވީޓެއްގައެވެ. އިލްޔާސް ވިދާޅުވީ، އުމުރުން 15 އަހަރުފުރޭ ކޮންމެ ރައްޔިތަކަށް އަސްކަރީ އަސާސީ މިންވަރު އެންމެކުޑަމިނުން ގައުމީ ލޯތްބާއި ބަޑިޖަހަން ދަސްކޮށްދޭން ޖެހޭކަމަށެވެ.

އިލްޔާސް މިހެން ވިދާޅުވެފައިވާއިރު، އިންޑިއާ އައުޓް ކެމްޕެއިންގައި މިއަދު ގއ.ވިލިނގިލީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ތިބި ސިފައިން ލައްވައި، ސިޔާސީ މީހުން ބުނާހާ ކަމެއް ނުކުރެވޭނެކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ސިފައިންގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މިއަދާއި ހަމައަށްވެސް އިންޑިއާއާއިއެކު ވެފައިވަ އެއްބަސްވުްތައް ހާމަކުރަން ނުކެރެނީ އޭގައި އިންޑިއާގެ ކަނޑުގެ އަޑިނޭގޭވަރަށް ސިއްރު ކަންތައްތަކެއް ހުރުމުންކަމަށެވެ. މިއަދު އިންޑިއާގެ ސިފައިން ތިބި ހަނިމާދޫއާއި، އުތުރު ތިލަފަޅަށް ދިވެހި އަސްކަރިއްޔާގެ ބާރެއް ނުހިނގާނެކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ވަރަށް ފުޅާ ދާއިރާއެއްގައި އަންނަނީ އިންޑިއާ އައުޓް ކެމްޕެއިނެއް ހިންގަމުންނެވެ. އަދި ގިނަ ޢަދަދެއްގެ ޢާންމުން މި ހަރަކާތުގައި ދަނީ ބައިވެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބުލްބުލް
ރައީސް ނަޝީދު ގިތައް މަނިކުފާނުވެސް ހޭބުއްދި ފިލާދިޔައީތޯ.
ނ ނުރަބޯ
ނުބައި ކަމަކަށް ނުވާނަމަ ކަމެއް ބަޔަކަށް ދަސްކޮށްދިނުން އެއީ މައްސަލައެއްނޫން.