ދުނިޔޭގެ ބޮޑު ދެ ބާރުން އެއްބަޔަކު އަނެއްބަޔަކު ދުނިޔެއަށް ދައްކަން ބޭނުންވާ ފިލްމު ޕްރޮޑިއުސްކުރާ ސްޓޫޑިއޯއަކަށް ރާއްޖެ ހަދައިފިކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ މިހާރު ދުނިޔޭގެ ކަޅި ހުއްޓުފައިވާ ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއި ގުޅުވާ ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކަށް ފާޑުވިދާޅުވެއެވެ.
މޫސަ ވިދާޅުވީ، ބާރުހުރި ޤައުމުތަކުން ކުދި ޤައުމުތަކުގެ ސިޔާސީ ބާރުވެރިން ބޭނުންކޮށްގެން ދެބޯގެރި ދުއްވާފަ ހަނގުރާމަ ފަށްޓުވާ، އެތަށް ރައްޔަތުންނެއް ހަނާވާއިރު އަޅާނުލާތިބުމަކީ އިންސާފެއްނޫންކަމަށެވެ، އެފަދަ މަޅީގައި ނުޖެހި އުޅެން ސިޔާސީ ވެރިން ދަސްކުރަންވީކަމަށް މޫސަ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ،ހަނާވެދަނީ ރައްޔަތުންކަމަށްވެސް މޫސަ ވިދާޅުވިއެވެ.
އަރަބި ދުނިޔެ ތަޅާސުންނާފަތިކުރަން ވެސް ހަމަ އެވެރިން ބޭނުންކުރީ އެޤައުމުތަކުގެ ވެރިކަމާހެދި ހޭކެނޑިފަ ތިބި ސިޔާސީ މީހުނެވެ ހަތިޔާރާ ފައިސާކޮޅެއްދީގެން މުޅި މެދުއިރުމަތި ތަޅާ ސުންނާފަތިކޮށް ރެފިއުޖީންގެގޮތުގާ އެތައް މިލިއަން އިންސާނުންއެތިބީއެވެ!އަޅާވެސްނުލައެވެ
— Moosa Maniku (Reeko) (@ReekoMoosa) February 26, 2022
މޫސަ ވިދާޅުވީ، މިރާއްޖޭގެ ސިޔާސީ ގިނަމީހުންވެސް މިތިބީ އެހާލަތުގައިކަމަށެވެ. ދުނިޔޭގެ ބޮޑު ދެބާރުން އެއްބަޔަކު އަނެއްބަޔަކަށް ދުނިޔެއަށް ދައްކަން ބޭނުން ފިލްމު ޕްރޮޑިއުސްކުރާ ސްޓޫޑިއޯއަކަށް ރާއްޖެހަދައިފިކަމަށާއި، އެމީހުންގެ ވެރިކަމަށްޓަކާ ހަވަރަށްމި ދެނީ ދިވެހިރައްޔަތުންކަމަށްވެސް މޫސަ ވިދާޅުވިއެވެ.
މޫސަ ގެންދަވަނީ ފަހަކަށް އައިސް އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނުގެ ފަރާތްތަކަށް ފާޑުވިދާޅުވަމުންނެވެ. މޫސަ ހުންނަވަނީ ރައީސް ޞާލިޙްގެ ފެކްޝަނުގެ މެންބަރުންނަށް ތަޢީދުކުރެއްވުމުގައެވެ.
ކޮމެންޓު ފޮނުވާ