މެންބަރު ޢަލީ ޢާޒިމްގެ މަންމާފުޅު ނިޔާވެއް

މެންބަރު ޢަލީ ޢާޒިމްގެ މަންމާފުޅު ނިޔާވެއް

Author
މުޙައްމަދު ޖިމީ
26 ފެބްރުއަރީ 2022 08:52
0

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްގެ މަންމާފުޅު ޢަޒީޒާ އަޙްމަދު ރޭ އަވަހާރަވެއްޖެއެވެ.

މާލޭގައި ހިންގި މަޝްހޫރު ރެސްޓޯރަންޓް އިވްނިންގ ގްލޯރީ ހިންގެވި ޢަޒީޒާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ. ޢަޒީޒާ އަކީ ނިއުރޭޑިއަންގެ ކުރީގެ އެއް މުއައްސިސް ކުއީން ވަހީދުގެ އަނބިކަނބަލުންނެވެ.

ޢަޒީޒާއަކީ ޢާޒިމްގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ނައިބް ރައީސް އިލްޔާސް ވަހީދުގެ ވެސް މަންމާފުޅެވެ.

ވަހީދު ވިދާޅުވެފައިވާ ގޮތުގައި ޢަޒީޒާ އަކީ "އީވްނިން ގްލޯރީ" ގެ ވަރަށް މުހިއްމު ހިއްސާދާރެކެވެ. ވަހީދު ފުޓްބޯޅައިގައި ކަންކަމުގައި އުޅުއްވި ދުވަސްވަރު ދަރިން ބެލުމުގެ ހުރިހާ ކަމެއް ކުރެއްވީ އޭނާ ކަމަށް ވަހީދު ވަނީ ޢަޒީޒާއަށް ވަރަށް ބޮޑަށް ތަޢުރީފްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.