ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރު އިލްހާމް އަޙްމަދު ފޮޓޯ: ވަން

ރިޔާސީ އިންތިޚާބުގައި ޖޭޕީން ނެރޭނީ ޕީޕީއެމްގެ ބޭފުޅެއްނޫން: އިލްހާމް

ރިޔާސީ އިންތިޚާބުގައި ޖޭޕީން ނެރޭނީ ޕީޕީއެމްގެ ބޭފުޅެއްނޫން: އިލްހާމް

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ނެރޭ ކެނޑިޑޭޓަކީ ޕީޕީއެމްގެ ބޭފުޅަކަށް ނުވާނެ ކަމުގައި ޖުމްހޫރީ ޕާޓީިގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބަށް ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރޭނެ ކަމަށާ އެންމެ ފަހު ވަގުތު ޕީޕީއެމްގެ ތާއީދު ލިބޭނީ ގާސިމް އިބްރާހިމަށް ކަމަށް ބައެއް ބޭފުޅުން ރައްޔިތުން ކައިރީ ބުނަމުންދާ ކަމަށާ ނަމަވެސް އެއީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކަމުން ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށް ރައީސް ޔާމީން މިއަދު ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުންނެވެ.

އިލްހާމް ވިދާޅުވީ 2023 ގައި ޖުމްހޫރީ ޕާޓީން ނެރޭ ކެނޑިޑޭޓަކީ އިދިކޮޅު ޕީޕީއެމްގެ ބޭފުޅަކަށް ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ ބޮޑާކަމާއި، ކިބުރުވެރިކަމަކީ މާތް ރަސްކަލާންގެ ރުހިވޮޑިގެންވާ ކަމެއް ނޫންކަމަށެވެ.

2023 ޖުމުހޫރީ ޕާޓީގެ ފަރާތުން ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ބޭފުޅެއް ނޫން. ބޮޑާކަމާއި ކިބުރުވެރި ކަމަކީ މާތް ރަސްކަލާންގެ ރުހިވޮޑިގެންނަވާ ކަމެއްނޫން.

– އިލްހާމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން އިންތިޒާމު ކޮށްގެން ގއ.ވިލިނގިލީގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓް ބައެއް ފަރާތްތަކަށް ދޭން އުޅޭކަމަށް ވާހަކަ ދައްކަމުންދާކަމަށެވެ. އެވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ވާދަކުރާނީ ޕީޕީއެމްއަށް ވަފާތެރި ޕީޕީއެމްގެ ބޭފުޅުންކަމަށެވެ.

ޕީޕީއެމްގެ ޓިކެޓް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއަށް ދޭން އުޅޭކަމަށް ދެކެވޭ ވާހަތަކާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ޤާސިމަކީ މިވީ ތިން އަހަރުގެ ތެރޭގައި ކޯވިޑަށް ބިރުން ފިލާ އޮތުމަށްފަހު، އިންތިޚާބަކާއި ދިމާވުމުން އެބިރުވެސް ފިލާދާތަން ފެނިފައިވާކަމަށެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއިމެދު އިދިކޮޅުން ކުރަމުންދާ ކެމްޕެެއިނާއިމެދު ބަހެއްވެސް ބުނަން ނުކެރި ޤައުމަށް ޣައްދާރުވާ މީހަކަށް ޕީޕީއެމްގެ ޓިކެޓެއް ނުލިބޭނެކަމަށް ޔާމިން ވިދާޅުވިއެވެ.

ޕީޕީއެމްގެ ޓިކެޓެއް ޤާސިމަށް ނުލިބޭނެ. އެހެން ދައްކާ ވާހަކަ އެއްވެސް ރައްޔިތަކު ގަބޫލު ނުކުރާތި. ޕީޕީއެމް ޕީއެންސީ އޮތީ ބަދަހިކޮށް، މިޤައުމަށް ޣައްދާރުވި އެއްވެސް މީހަކަށް މިޕާޓީގެ ޓިކެޓެއް ނުލިބޭނެ.

– ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، 2023 ގެ އިންތިޚާބުގައި ޕީޕީއެމްއިން ވާދަކުރާނެ ޤާބިލް ބޭފުޅުން ޕީޕީއެމް ޕީއެންސިގައި އެބަތިބިކަމަށެވެ. އެޖާގަ އެހެން ޕާޓީއެއްގެ މީހަކަށް ދޭންޖެހޭ އެއްވެސް ފުރުސުތެއް ނެތްކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޕީޕީއެމްގެ ލީޑަރޝިޕްގައި ހުރިހާ ދުވަހަކު ޤައުމަށް ޣައްދާރުވި އެއްވެސް މީހަކަށް ޕީޕީއެމްގެ ޓިކެޓް ދޭން ޖާގަ ނުދޭނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ޔާމީނަށްވުރެ ބޮޑަށް ގައުމަށް ގައްދާރުވީ ކާކު؟ ރައްުޔިތުންގެ ރިސޯސްތައް ވިއްކައިގެން އެއިގެ ނަފާ އަމިއްލަ އެކައުންޓަށްލައި އޭގެ މަންފާ ހޯދަމުން ދިޔުމަށްވުރެ ގައުމަށް ހިޔާނާތްތެރި ވާނެ ގޮތެއް ނެތެވެ.

  2. ދެ 2023 ޖުމުހުރީ ޕާޓީން ރާޖޭގެ ވެރިކަމައް ނެރޭނީ އިލްހާމު ކަމައް އެޕާޓީބުނެފި

  3. މަޑުންހުރެވޭތޯބަލާ ޕޕމ ނޫޅެ މޮޔަވެގެން ތިޕށތޭން ތިކެތު ހޯދަނވެގެން ނުފުރިގެން އަބަދުވެސް އުޅޭބައެތް އެތްމެތްވެސް އެކަންދަނޭ

Leave a Reply

Your email address will not be published. Required fields are marked *