އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް ޔާމީން މިއަދު ވިލިނގިއްޔަށް

އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް ޔާމީން މިއަދު ވިލިނގިއްޔަށް

Author
މުޙައްމަދު ޝަޒައިމް
25 ފެބްރުއަރީ 2022 10:26
0

އިންޑިއާ އައުޓް ހަރަކާތާއެކު އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން މިއަދު ގއ.ވިލިގިއްޔަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމުގައި އިދިކޮޅު ޕީޕީއެމް އިން ބުނެފިއެވެ.

ރައީސް ޔާމީން އިސްވެ ފަށްޓަވާފައިވާ އިންޑިއާ އައުޓް ހަރަކާތް ފުޅާކުރުމަށް އެމަނިކުފާނު ގެންދަވަނީ އަތޮޅުތަކަށްވެސް ދަތުރުކުރައްވަމުންނެވެ. އެންމެފަހުން ރައީސް ޔާމީން ވަޑައިގެންފައިވަނީ ރ.މީދޫއަށެވެ. އެރަށުން ރައީސް ޔާމީނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. މިހާތަނަށް އެމަނިކުފާނު މިކެމްޕެއިންގައި ވަޑައިގެން ހުރިހާ ރަށަކުންވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

މިހަރަކާތުގައި މިއަދޔ ހަވީރު ރައީސް ޔާމީން ވަޑައިގަންނަވާނީ، ގއ.ވިލިނގިއްޔަށެވެ. މުޅި ވިލިނގިލިވަނީ ރައީސް ޔާމީނަށް މަރުހަބާ ކިޔުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ވިލިނގިއްޔަކީ ރައީސް ޔާމީނަށް ތާއީދު ބޮޑު ރަށެކެވެ. މިހަރަކާތުގައި ރައީސް ޔާމީން ބައިވެރިންނާއި މުޚާތަބުކުރައްވާނެއެވެ.

ރައީސް ޔާމީން ވިލިގިއްޔަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ، މިހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ ޓީމެއްވެސް މިހާރުވަނީ ވިލިއްޔަށް ގޮސްފައެވެ. ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ފަށާފައިވާ ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުންވަނީ މިހަރަކާތް ހިންގުމަށް ދެން ޖާގަ ނުދޭނެކަމަށް ބުނެފައެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިހަރަކާތް ދެން ހުއްޓުވޭނެ ގޮތެއް ނެތްކަމަށެވެ. އިންޑިއާ އައުޓް ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގުޅުން އޮތް ޤައުމީ ހަރަކާތެއްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ފުލް ކޮންޓްރޯލް އޮތުމުން ޤާނޫނު ހެދިދާނެކަމަށާއި، ނަމަވެސް ދިވެހި ފަސްގަނޑުގައި އިންޑިއާގެ އަސްކައްރިއްޔާ ތިބުމަކީ ދިވެހި ރައްޔިތުން ޖާގަ ދޭނެކަމެއް ނޫންކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެގުޅި
ޖަލުގަ ބަހައްޓަންޖެހޭ މީހަކު މިގޮތަށް ރަށްޔިތުންގެ ތެރޭގަ ނަފުރަތު އުފައްދަ ން ދޫކޮށްލާފަ ބެހެއްޓި ބަޔަކު ޒިންމާދާރު ކުރެ ެވެންޖެހެއެވެ.