ދިވެހި 56 ސިވިލް ސާވަންޓަކު ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް އިން ފީލްޑް އޮފް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވްސް" ގައި ބައިވެރުވުމަށް އިންޑިއާއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 11ގެ ނިޔަލަށް އެން.ސީ.ޖީ.ޖީގެ ކަސްޓަމައިޒްޑް "ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް އިން ފީލްޑް އޮފް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވްސް" ގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް 9ވަނަ ބެޗަށް(އެން.ސީ.ޖީ.ޖީ)، ނިއުދިއްލީ އަދި މުސޫރީއަށް ޒިޔާރަތްކުރައްވާ 56 ދިވެހި ސިވިލް ސަރވަންޓުން ފޮނުވުމުގެ ރަސްމިއްޔާތެއް މޯލްޑިވްސް ސިވިލް ސަރވިސް ކޮމިޝަންގައި ވަނީ ބާއްވާފައެވެ.
ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމަކީ ސިވިލް ސަރވިސް ކޮމިޝަނާއި އެން.ސީ.ޖީ.ޖީއާ ދެމެދު ސިވިލް ސަރވިސް އާ ގުޅޭ އެމް.އޯ.ޔޫގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިއީ 2019 ވަނަ އަހަރުގެ ޖޫން މަހު ބޮޑުވަޒީރު ކުރެއްވި ފުރަމާނަ ދަތުރުފުޅެއްގައި ސޮއިކުރެއްވި އެއްބަސްވުމެކެވެ. މި ރަސްމިއްޔާތުގައި ހައިކޮމިޝަނަރު އަދި ސީއެސްސީގެ ރައީސާއި އެހެން ބައެއް މެންބަރުންނާއި ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ، ސަރުކާރު ހިންގުމުގެ އީޖާދީ ވިސްނުން ގެންގުޅުއްވާ، ހީވާގި މުވައްޒަފުންތަކެއްކަން ކަށަވަރުކުރެއްވުމަށް މިފަދަ ތަމްރީނު ޕްރޮގްރާމް ތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މި ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިގެން އިންޑިއާގެ ސިވިލް ސާވަންޓުންނާ ތަޖުރިބާ ހިއްސާކޮށްގެން ދަސްކުރުމަށް ބައިވެރިންނަށް ހިތްވަރު ދިނެވެ.

ހައިކޮމިޝަނަރ ވަނީ އިންޑިއާ ރާއްޖޭގެ ޕާޓްނަރޝިޕްގެ މައިގަނޑު އެއް ތަނބުގެ ގޮތުގައި ތަމްރީނު ތަކާއި ކެޕޭސިޓީ ބިލްޑިންގް ގެ ވާހަކަ ފާހަގަކުރައްވާފައެވެ. އަދި އެކި ވުޒާރާތަކާއި، ލޯކަލް ކައުންސިލްތަކާއި، ޞިއްޙީ އަދި ތަޢުލީމީ މުއައްސަސާތަކާއި، އަންހެނުންގެ ބައިވެރިވުން ވަރަށް ރަނގަޅަށް އޮތްކަން ހައިކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ. އަދި، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް، ކައުންސިލްތަކުގެ ބައިވެރިވުން ވަރަށް ބޮޑުކަން ފާހަގަކުރެއްވިއެވެ.
މި އެމް.އޯ.ޔޫ.ގެ ދަށުން މިހާތަނަށް 220 ސިވިލް ސަރވަންޓުންގެ 8 ބެޗަކަށް ވަނީ ތަމްރީނު ދެވިފައި. މި 9 ވަނަ ބެޗާއެކު ބައިވެރިންގެ އަދަދު 300 އާ ގާތްކުރާއަދަދަކަށް އަރާނެއެވެ. އެމް.އޯ.ޔޫގެ 5 އަހަރުގެ ދައުރުގައި ދިވެހި ސިވިލް ސަރވިސްގެ 1000 މުވައްޒަފުންގެ ކެޕޭސިޓީ ބިލްޑިންގ ގެ އަމާޒަށް ވާޞިލުވުމަށްޓަކައި 2022-23 ވަނަ އަހަރު އެން.ސީ.ޖީ.ޖީއިން މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރާވާފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފިޒިކަލް ޓްރެއިނިންތަކަށް ގިނަ ދުވަސްތަކެއް ވަންދެން އަސަރު ކޮށްފާނެ ނަމަވެސް އުނގެނުމުގެ މަރުހަލާއަށް އަސަރު ނުކުރާނެ ސަބަބަކީ ދިވެހި ސިވިލް ސާވަންޓުން ވަނީ އެންސީޖީޖީއިގެ އެކި ދުވަސްވަރު ހިންގި ވާޗުއަލް ޓްރެއިނިންތަކުގައި ބައިވެރިވެފައިކަމަށްވާތީއެވެ. 2021 ވަނަ އަހަރުގެ ފެބްރުވަރީ މަހު އެން.ސީ.ޖީ.ޖީ އިން ވަނީ "އިންޑިއާ-މޯލްޑިވްސް ވަރޗުއަލް ވާރކްޝޮޕް އޮން ގުޑް ގަވަރނަންސް ޕްރެކްޓިސަސް އިން އަ ޕެންޑެމިކް" ގެ ނަމުގައި 2 ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.
ކޮމެންޓު ފޮނުވާ