2007 ވަނަ އަހަރު "އޯމް ޝާންތި އޯމް" އިން ސާހުރުކް ހާން އާއި އެކުގައި ބޮލީވުޑްއަށް ތައާރަފުވި ބަތަލާ ދިޕިކާ ޕަދުކޯން، އޭނާގެ ފުރަތަމަ ފިލްމުން ވަނީ ބެލުންތެރިނެގެ ހިތް އަތުލާފައިއެވެ.
މިފިލްމްގައި ދީޕިކާ އާއި ޝާހުގެ ކެމިސްޓްރީ ވަނީ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިއެވެ. އަދި އޮން-ސްކްރީން މިޖޯޑަކީ އެފަދަ ދެވަނައެއް ނެތް ޖޯޑެއް ކަމަށް ސަޕޯޓަރުން ބުނެއެވެ. އެގޮތުން "އޯމް ޝާންތި އޯމް' އަށް ފަހު ވެސް ދެތަރިން އެކުގައި ބައެއް ފިލްމް ތަކުން ވަނީ ފެނިގެން ގޮސްފައިއެވެ.
ނަމަވެސް އެންމެ ފުރަތަމަ އޭނާ އަށް ފިލްމެއް ކުޅުމަށް ދައުވަތު ލިބުނީ ސަލްމާންގެ ފަރާތުން ކަމަށް މިފަހުން ބޮލީވުޑް ހަންގާމާގައި ވާހަކަ ދައްކަމުން ދީޕިކާ ބުނެފައިވެއެވެ. އެފުރުސަތުގެ ބޭނުން ހިފިނަމަ އޭނާގެ ފުރަތަމަ ފިލްމްގެ އެކްޓަރަކީ ސަލްމާން ހާންއަށް ވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް އެނާ އެފުރުސަތު ގަބޫލު ނުކުރި ސަބަބު ވަނީ ކިޔައި ދީފައިއެވެ. އޭނާ ބުނި ގޮތުގައި މޮޑެލް ކުރަން އޭނާ އުޅެނިކޮށް ސަލްމާނަށް ކޮންމެވެސް ގޮތަކުން އޭނާގެ ޚަބަރު ލިބިގެން ފިލްމެއް ކުޅުމަށް ދައުވަތު ދިން، ނަމަވެސް އެ ދުވަސްވަރު އޭނާގެ ވިސްނުން ހުރީ ހަމައެކަނި މޮޑެލް ކުރުމަށް ކަމަށާއި އެފުރުސަތުގެ ބޭނުން ނުހިފީ ކަމަށެވެ.
އަދި "އޯމް ޝާންތީ އޯމް" އޭނާއަށް ކުޅެން ލިބުނީ އޭގެ ދެ އަހަރު ފަހުން ކަމަށް ވެސް ދީޕިކާ ބުންޏެވެ. އެ ފިލްމުގެ ކުރިން އޭނާ ވަނީ 2006 ވަނަ އަހަރު ކަންނާޑާ ފިލްމެއް ކަމުގައިވާ "އައިޝްވާރްޔާ" ކުޅެފައިއެވެ.
މިހާރު ދީޕިކާ އަކީ ބޮލީވުޑްގެ އެންމެ މަގުބޫލު އެއް އެކްޓްރެސްއެވެ. އޭނާ އަކީ ނަންބަރު ވަން އެކްޓެސް ކަމަށް ސަޕޯޓަރުން ބުނެއެވެ. އަދި އޭނާ އަކި މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑް ބޮޑު އެއްތަރިއެވެ.