އައިއެސް ޖަމާއަތުގެ އިސް އެކްޓިވިސްޓަކު ރާއްޖޭގައި ހައްޔަރު ކޮށްފި

އައިއެސް ޖަމާއަތުގެ އިސް އެކްޓިވިސްޓަކު ރާއްޖޭގައި ހައްޔަރު ކޮށްފި

ގުޅުންހުރި

ހައްދުފަހަނަ އަޅާފައިވާ ޖަމާއަތެއްކަމުގައިވާ، އަދި ދުނިޔޭގެ ގިނަ ގައުމުތަކުން ޓެރަރިސްޓު ޖަމާއަތެއްކަމުގައި ކަނޑައަޅާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އިސް މޭސްތިރިއެއް ރާއްޖޭގައި ހައްޔަރު ކޮށްފިކަން، ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު (އެމްސީ) ހާމަ ކުރައްފައިވިއެވެ. ޕޮލިސް ކޮމިޝަނަރ މިކަން ހާމަ ކުރައްވާފައިވަނީ ރޭގެ ވަގުތެއްގައި ކުރައްވާފައިވާ ޓުވީޓެއްގައެވެ. އުމުރުން 30 އަހަރުގެ މި މީހާ ހައްޔަރު ކޮށްފައިވަނީ ފާއިތުވި ޖެނުއަރީމަހުގެ 6 ވަނަ ދުވަހުއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ހައްޔަރު ކޮށްފައިވާ މީހާއަކީ އައިއެސް ޖަމާއަތުގެ މީޑިއާ ކެމްޕޭން ހިންގާ މީހެއްކަމަށާއި، އަދި ހައްދުފަހަނަ އަޅާފައިވާ ހަރަކާތްތައް ހިންގުމުގެ އިތުރުން އޭނާ ވަނީ ޔޫރަޕްގައި ޓެރަރިސްޓު ހަމަލާތައް ހިންގުމަށް ގޮވާލުމުގެ އިތުރުން ޔޫރަޕްގެ ލީޑަރުންނަށް ހަމަލާދިނުމަށްވެސް ގޮވާލާފައި ކަމުގައެވެ. އަދި އޭނާ ވަނީ 2015ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދިރިއުޅެމުން ކަމަށާއި އޭނާ މިހަރަކާތްތައް ހިންގަމުން އައިސްފައިވަނީ ރާއްޖޭގައި ދިރިއުޅެމުން ކަމުގައިވެސް ކޮމިޝަނަރ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ކޮމިޝަނަރ ހަމީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވާ ގޮތުގައި ހައްޔަރު ކުރެވުނު މީހާގެ ތަހުގީގުތައް ކުރިޔަށް ދަނީ، ޓެރަރިޒަމާއި ގުޅުންހުރި ވަރުގަދަ ތަހުގީގެއްގެ ގޮތުގައި، އެމެރިކާގެ އެފްބީއައި އާއި ރާއްޖޭގެ ޕޮލިސް ސާވިސްއާއި އަދި އޭގެ އިތުރުން ޔޫރަޕްގެ ދެގައުމެއް ގުޅިގެންނެވެ.

މިކަމާއި ގުޅުންހުރި އިތުރު މައުލޫމާތު ޕްރެސް ރިލީޒެއްގައި ހާމަކުރައްވާނެކަމަށްވެސް ކޮމިޝަނަރގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ބައިނަލް އަގުވާމި އޭޖެންސީތަކާއި ގުޅިގެން މީގެކުރިންވެސް ރާއްޖޭގައި ހިންގު ބައެއް އޮޕަރޭޝަންތަކުގައި ވަނީ ޓެރަރިސްޖަމާއަތްތަކަށް ނިސްބަތްވާ ފަރާތްތައް ހައްޔަރު ކޮށްފައެވެ. މިގޮތުން 2017ވަނަ އަހަރުވެސް ވަނީ މިފަދަ އޮފަރޭޝަނެއްގައި، ރައްޖޭގައި ދޭން އުޅުނު ޓެރަރިސްޓު ހަމަލާއެއް ހުއްޓުވާ ބަޔަކު ހައްޔަރު ކޮށްގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ