ރާއްޖޭގެ ރިޒާވް ނެތިކޮށްލާ، ބޭރުން ސަލާންޖެހުން ސަގާފަތަކަށް ހަދައިފި: ޑރ.ޖަމީލް

ރާއްޖޭގެ ރިޒާވް ނެތިކޮށްލާ، ބޭރުން ސަލާންޖެހުން ސަގާފަތަކަށް ހަދައިފި: ޑރ.ޖަމީލް

Author
މުޙައްމަދު ޖިމީ
08 ނޮވެމްބަރ 2020 11:22
0

ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވާނެކަމަށް ބުނެ އައި ސަރުކާރުން، ޤައުމުގެ ރިޒާވް ނެތިކޮށްލާ ރައްޔިތުން ސަލާން ޖަހަން ޖައްސާފައިވާކަމަށް ކުރީ ސަރުކާރުގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދަށްވެ ފަރަނި އިތުރުވަމުންދާތީ ރާއްޖޭގެ ރޭޓިން ވަނީ "ބީ މައިނަސް" އިން "ސީސީސީ"އަށް ދަށްކޮށްފައެވެ. މިރޭޓިންއާއި ގުޅިގެން ކުރީ ސަރުކާރުގެ ނާއިބު ރައީސް އަދި މިސަރުކާރު ގެނައުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ،ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވާނެކާމަށް ބުނި އެމްޑީޕީން ޤައުމުގެ ރިޒާވް ނެތިކޮށްލައި ރައްޔިތުން އިތުރަށް ނިކަމެތިކޮށްލާފައިވާކަމަށެވެ.

ރައްޔިތުން ބޮލުގައި ދަރަނި ނާލުވާނެކަމަށް ބުނި އެމްޑީޕީން މިވަނީ ގައުމުގެ ރިޒާވް ނެތިކޮށްލައި ބޭރަށް ސަލާންޖެހުން ސިސްޓަމަކަށް ހަދާފައި. ފިޗުން ކްރެޑިޓް ރޭޓިން ދަށްކުރުމުން ރައްޔިތުންނަށް ތަކްލީފް ބޮޑުވާނެ! އެތައް ޖީލަކަށް އިޤްތިޞާދު ފުނޑުފުނޑުވެގެން އެދިޔައީ.

-ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު

ރާއްޖޭގެ ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު ހީވާ ހިސާބަށް އިގްތިސާދީ ހާލަތު މިހާރު ގޮސްފައިވާކަމަށް ބުނެ ފިޗުން އިއްޔެ އާންމުކުރި ކްރެޑިޓް ރޭޓިންގައި ރާއްޖެވަނީ "ބީ މައިނަސް" އިން "ސީސީސީ"އަށް ރޭޓިން ދަށްކޮށްފައިވުމުން އެތައް ބައެއްގެ ފަޑުލިއުން ވަނީ ސަރުލާރަށާއި، ފިނޭންސް މިނިސްޓަރަށް އަމާޒުވެފައެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. އަދި ފާއިތުވި މަސްތަކުގައި ރާއްޖޭގެ އިގްތިޞާދުއެތައް ގުނައެއް ދަށަށް ގޮސް، ދުނިޔޭގެ ނިސްބަތުންވެސް އިގްތިޞާދަށް އެންމެ ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ފިޗުން ބުނެފައިވެއެވެ.

ފިޗުގެ ރިޕޯޓް ބަލައިނުގަންނަނަކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުން ވަނީ ފިނޭންސް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.