ކުރެންދޫ ކައުންސިލް ރައީސްގެ މަޤާމަށް ވާދަކުރާ ޕީޕީއެމް ކެނޑިޑޭޓްގެ ފޯމް ހުށަހަޅައިފި

ކުރެންދޫ ކައުންސިލް ރައީސްގެ މަޤާމަށް ވާދަކުރާ ޕީޕީއެމް ކެނޑިޑޭޓްގެ ފޯމް ހުށަހަޅައިފި

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2022 01:01
0

ޅ. ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރާ އިދިކޮޅު ޕީޕީއެމް ކެނޑިޑޭޓްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ އިސްމާއިލް މަދީހުއެވެ. އޭނާއަކީ މީގެ ކުރިންވެސް ކުރެންދޫ ކައުންސިލް ރައީސްކަމުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ.

ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބެއް ބާއްވަނީ ކައުންސިލްގެ ރަައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަ މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާއަކީވެސް އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ.

މިއިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 28 ވަނަ ދުވަހުގައެވެ.

މިހާތަނަށް ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާއަށް ބަލާއިރު، އެމްޑީޕީން ދެ ފަހަރު އަދި ޕީޕީއެމުން ދެ ފަހަރު ކުރެންދޫ ކައުންސިލްގެ މެޖޯރިޓީ ނަގާފައިވެއެވެ. މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުރެންދޫ ކައުންސިލްގެ ފަސް ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.