ޑޯޓްމަން ބަލިކޮށް ބަޔާންއިން ތާވަލުގެ ކުރީގައި ދެޕޮއިންޓުގެ ލީޑެއް

ޑޯޓްމަން ބަލިކޮށް ބަޔާންއިން ތާވަލުގެ ކުރީގައި ދެޕޮއިންޓުގެ ލީޑެއް

ގުޅުންހުރި

ޖަރުމަނު ބުންޑަސްލީގާގައި ރޭ ބުރޫޝިޔާ ޑޯޓްމަންޑްގެ މައްޗަށް ކުރި ހޯދާ ބަޔާންމިއުނިކުން ވަނީ ތާވަލުގެ ކުރީގައި ދެޕޮއިންޓް ލީޑެއްނަގާފިއެވެ.

ޑޯޓްމަންޑް ދަނޑުގައި ކުޅުނު މެޗުން ބަޔާން ކުރި ހޯދީ 3-2 ލަނޑުން. މެޗުގެ ފުރަތަމަ ހާފްގެ އިތުރުވަގުތު ފުރަތަމަ މިނިޓުގައި މާކޯ ރުއެސް ލަނޑެއް ޖަހާ ލީޑު ނަގާފަވަނިކޮށް މިހާފުގެ އިތުރުވަގަތުގެ ފަހުމިނިޓުގައި ޑޭވިޑް އަލްބާ ވަނީ ބަޔާން އަށް ނަތީޖާ ހަމަހަމަ ކޮއްދީފައެވެ. މެޗުގެ ދެވަނަހާފްގައި ރޯބާޓް ލެވޮންޑެސްކީ އާއި ލޮއިރޭ ސާނޭގެ ލަނޑުން ލީޑްނަގާ ކުރި ހޯދާފަވަނިކޮށް ޑޯޓްމަންޑްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ އާލިން ހާލެންޑްއެވެ. މިމެޗުގައި އިތުރު ދެލަނޑެއް ލެވޮންޑެސްކީ ކާމިޔާބުކުރި ނަމަވެސް ވީއޭއާރްއިން ވަނީ ބަލައިނުގަނެފައެވެ.

ޑޯޓްމަންޑް ބަލިވުމުގެ ފައިދާ ނަގާ ލީޕްޒިގުން ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ލީޕްޒިގާ ފްރެއިބާގް ވާދަކުރި މެޗު އެޓީމުން ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. ރޭގައި ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެއިންޒް ޝާލްކޭ މެޗު އެއްވަރުވިއިރު ސްޓުރޫޓްގާޓް އާއި ފެރެންކްފާޓް މެޗު ވެސް ވަނީ އެއްވަރުވެފައެވެ. ހާތާ ބާލިން އާއި ޔޫނިއަން ބާލިން ވަނީ އެޓީމު ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

މިނަތީޖާ އެކު ލީގުގައި އެއްވަނައިގަ ބާޔާން އޮތީ ހަތްމެޗުން 18 ޕޮއިންޓާއެކުއެވެ. ހަތް މެޗުން މެޗުން ސޯޅަ ޕޮއިންޓު ހޯދައިގެން ލީޕްޒިގް ދެވަނައިގަ އޮތްއިރު ޑޯޓްމަންޑްއަށް ހަތް މެޗުން ތިންވަނަ ލިބެނީ 15 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނާގައވާ ޔޫނިއަން ބާލިންއަށް ލިބެނީ 12 ޕޮއިންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *