އިބްތިހާލްގެ މަރަށް އިންސާފު ނުލިބި އެތައް އަހަރެއް ވެފައިވާތީ ކަންބޮޑުވޭ: ޕީޖީ

އިބްތިހާލްގެ މަރަށް އިންސާފު ނުލިބި އެތައް އަހަރެއް ވެފައިވާތީ ކަންބޮޑުވޭ: ޕީޖީ

Author
މުޙައްމަދު ޝަޒައިމް
08 ނޮވެމްބަރ 2020 08:42
0

ވ. ރަކީދޫގައި އަނިިޔާކޮށް، މަރައިލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އިންސާފު ނުލިބި ލަސްވާތީ ކަންބޮޑުވާކަމަށް ޕްރޮސެކިއުޓާ ޖެލެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އިމްތިހާލުގެ މަރުގެ މައްސަލައަށް އިންސާފު ނިލުބި ލަސްވަމުންދާތީ އެކަމުގެ ސަބަބު އޮޅުން ފިލުވުމަށް އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ މިމައްސަލަޔަށް އިންސާފު ނުލިބި ލަސްވާތީ ނުހަނު ކަންބޮޑުވާކަމަށެވެ.

މިމައްސަލަޔަކީ އޭނާ މީގެ ކުރިން ވަކާލާތު ކުރި މައްސަލަޔަކަށްވުމުން މިމައްސަލައިގެ ތެރެއަށް އެއްވެސް ވަރަކަށް ނުވަންނަވާކަމަށް ޕީޖީ ވިދާޅުވިއެވެ. ނަމަވެސް މައްސަލަޔަށް މިހާރު 5 އަހަރެއްހާ ދުވަސް ވެފައިވާއިރު، އިންސާފު ނުލިބުނުކަމީ ކަންބޮޑުވާ ކަމެއްކަމަށެވެ. މިމައްސަލާގައި އިންސާފު ލިބުނުކަމަށް ވާނީ ދެފަރާތަށްވެސް އިންސާފު ލިބި އިންސާފު ގާއިމް ވުމުންކަމަށް ޕީޖީ ވިދާޅުވިއެވެ.

އިބްތިހާމް މައްސަލައިން އަޅުގަނޑު ވާނީ ތަނާޒުލްވެފަ. މިމައްސަލައަށް މިހާރު 4 ، 5 އަހަރެއްވަނީ، އެމައްސަލައިގައި އިންސާފަށްވާނީ ދެފަރާތައް އިންސާފުލިބުން. އަޅުގަނޑު ވަކާލާތު ކުރި މައްސަލައަކަށްވުމުން އަޅުގަނޑު މިމައްސަލައިގެ ތެރެއަށް ނުވަންނަން. އިރާދަ ކުރެއްވިއްޔާ މިމައްސަލާގައި އިންސާފު ޤާއިމްވާނެ. އިންސާފު ޤާއިމްވުމުގެ މާނައަކީ ދައުވަ ކުރާ މީހާއާއި، ދައުވާ ލިބޭ މީހާއަށްވެސް އިންސާފު ލިބުނުން.

– ހުސެއިން ޝަމީމް

ރަކީދޫގައި، އުމުރުން ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް މަރާލީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެ މައްސަލާގައި އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުއްޖަކު ގަސްތުގައި މަރައިލުމުގެ ދައުވާކޮށް، އަދިވެސް އަންނަނީ ޝަރީއަތް ހިންގަމުންނެވެ.

މިމައްސަލާގައި 2015 ގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް އަނިިޔާ ކުރުމުގެ ސަބަބުން އޭނާ މަރުވި މައްސަލާގައި އިބްތިހާލްގެ މަންމަ އާފިޔާގެ މައްޗަށް ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ދައުލަތުން ކުރެ އެވެ. އެ މައްސަލައިގެ ޚުލާސާ ބަޔާން ދައުލަތުން ހުށަހެޅުމުން އާފިޔާގެ ފަރާތުން އެންމެ ފަހު ފުރުސަތުގައި ބުނަނީ ކީކޭތޯ ގާޒީ މުހައްމަދު ސަމީރު ސުވާލު ކުރެއްވުމުން އޭނާ ބުނީ "ބުނާނެ އެއްޗެއް ނެތް" ކަމަށެވެ. އެންމެ ފަހު ފުރުސަތެއްގެ ގޮތުން ގާޒީ އެއްސެވީ ޚުލާސާކޮށް އެއްވެސް އެއްޗެއް ބުނަން ނެތީތޯ އެވެ. އެ ހިސާބުން އާފިޔާ ބުނީ ގަސްދުގައި އިބްތިހާލް މަރާފައި ނުވާނެ ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.