އަސާސީ ޚިދުމަތްތަކުން ޖޫރިމަނާ ކަނޑާލަންޖެހޭ: ބޮންޑޭ

އަސާސީ ޚިދުމަތްތަކުން ޖޫރިމަނާ ކަނޑާލަންޖެހޭ: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2022 10:43
0

ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސި ޚިދުމަތްތަކުން ނަގަމުންދާ ޖޫރިމަނާތައް ކަނޑާލުމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ހުށަހެޅުއްވި ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ބޮންޑެ ވިދާޅުވީ، ފެނުގެ ޚިދުމަތް ހޯދާ ފަރާތްތަކުން އޭގެ އަގު ނުދީފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ބިލުން އުނިކުރެވެން ޖެހޭނެ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ ކުރީގައި ރާއްޖޭގައި ރަށު ތެރެއަށް ފެން ހިންދޭނެ ނިޒާމް ގާއިމްކޮށްފައި އޮންނަ ކަމަށެވެ. ނަމަވެސް މިހާރު ފެން ނައްތާލާކަމަށް ވިދާޅުވި އެވެ. ފެނަކީ ރައްކާކުރެވޭނެ އެއްޗެއް ކަން ފާހަގަކުރައްވަމުން ވިދާޅުވީ ފެނުގައި ހުންނަ ނަޖިސްބައި ޓްރީޓްމަންޓް ޕްލާންޓް މެދުވެރިކޮށް ނައްތާލުމަށް ފަހު ރަށަށް ފެން ހިންދޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

ކަރަންޓު ބިލު ނުދެއްކިގެން ގެއިން ކަރަންޓު ކެނޑިގެން އެ ޚިދުމަތް ނުލިބިގެންދާ މުއްދަތުގައި އަނެއްކާ ޖޫރިމަނާއެއް ދައްކަން ޖެހުން ވާނީ އެ ރައްޔިތު މީހާއަށް އުފުލަން ޖެހޭ އިތުރު ތަކުލީފަކަށް، އަޅުގަނޑު ގޮވާލަން ޖޫރިމަނާތައް ކަނޑާލަން.

– ބޮންޑެ ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ހިދުމަތުގެ ގާނޫނު ވުޖޫދަށް އަންނައިރު ފެނުން ނެގޭނެ އެންމެ ބޮޑު އަގުވެސް ކަނޑައެޅެންޖެހޭ ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އަދި އޭގެ އިތުރަށް ކަރަންޓު މީޓަރުތަކުން ނަގަމުންދާ ހުރިހާ ޖޫރިމަނާއެއް ނެގުން ހުއްޓައިލަންޖެހޭ ކަމަށެވެ.

މިބިލަށް ވާހަކަދެއްކެވި ގިނަ މެމްބަރުން ވަނީ ރާއްޖޭގައި މިހާރު ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުންދާ ކުންފުނިތަކުން އެކި ސިޔާސަތު ގެންގުޅެމުންދާކަމަށެވެ. އެކި ރަށްތަކުގައި އެކި އަދަދަށް ފީތައް ނަގައި އެކި އުސޫލުތައް ގެންގުޅޭ ގެންގުޅުން ޤާނޫނަށް އިސްލާހު ގެނެސްގެން ބަދަލު ކުރަންޖެހޭކަމަށް މެމްބަރުންވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.