ކޯވިޑްގައި 90 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑްގައި 90 އަހަރުގެ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2022 07:36
0

ކޯވިޑްގައި 90 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ހެނދުނު އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ 90 އަހަރުގެ ދިވެހި ފިރިހެނަކު ކޯވިޑްގައި ނިޔާވެފައިވާކަމަށެވެ.

މިމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 08:50 ގައިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައވެ. މިއަދު ނިޔާވި މީހާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދުވަނީ 291 އަށް އަރާފައެވެ.

މިބަލީގައި އެންމެ ފަހުން މީހަކު ނިޔާވީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އާއަހަރާއެކު ރާއްޖެއަށް ވަނީ ކޯވިޑްގެ އިތުރު ރާޅެއް ކުރިމަތިވެފައެވެ. އެހެންނަމަވެސް މާލެ ސަރަޙައްދުގައި ޢަދަދުތައް ވަރަށް ބޮޑަށް ދަށަށް ދިޔަނަމަވެސް އަތޮޅުތެރޭގައި ޕޮޒިޓީވްވާ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.