ރަޝިއާއިން ޔޫކުރެއިން ކުރަމުންދާ ހަގުރާމާގައި ޔޫރަޕްގެ އެހެން ގައުމުތަކުން އަމަލީ ސިފައެއްގައި އަދި ބައިވެރި ވެފައެއް ނުވޭ

ރަޝިއާގެ 190،000 ސިފައިން މިހާރުވަނީ ޔޫކުރެއިން ވަށާލާފަ: އެމެރިކާ

ރަޝިއާގެ 190،000 ސިފައިން މިހާރުވަނީ ޔޫކުރެއިން ވަށާލާފަ: އެމެރިކާ

ރަޝިއާއިން ކޮންމެ ވަގުތެއްގައިވެސް ޔޫކުރެއިންއަށް ހަމަލާ ދޭން ފަށާފާނެ ކަމުގެ އިންޒާރު ހުޅަނގުގެ ގައުމުތަކުން ދެމުންދާއިރު، ޔޫކުރެއިންގެ ބޯޑަރު ކަރީގައި އެގައުމު ވަށާލާއިގެން 190،000 ރަޝިއާ ސިފައިން މިހާރު އެބަތިބި ކަމުގައި، އެމެރިކާއިން އޯގަނިޒޭޝަން ފޯރ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (OSCE)އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅު ވެއްޖެއެވެ.

ހުކުރުދުވަހު އޮތް OSCEގެ ބައްދަލުވުމުގައި މައިކަލް ކާޕެންޓަރ ވިދާޅުވެފައިވަނީ، ރަޝިއާއިން ޔޫކުރެއިން ބޯޑަރު ކައިރިއަށް ޖަމާ ކޮށްފައިވާ އެގައުމުގެ ސިފައިންގެ އަދަދު ކުރިން އަންދާޒާ ކޮށްފައިވާ މިންވަރު އިސްލާހުކޮށް، އެއަދަދު އުޅޭކަަމަށް މިހާރު ލަފާ ކޮށްފައިވަނީ 169,000 އާއި 190,000 އާއި ދެމެދުގައި ކަމަށެވެ. މިއީ މީގެ އެއް ހަފްތާ ކުރިން އަންދާޒާ ކޮށްފައިވާ ގޮތުގައި ޔޫކުރެއިން ބޯޑަރު ސަރަހައްދަށާއި އަދި ރަޝިއާއިން ހިފާފައިވާ ޔޫކުރެއިންގެ ކްރައިމިއާ ސަރަހައްދަށް ޖަމާ ކޮށްފައިވާ ރަޝިއާ ސިފައިންގެ އަދަދަކީ 100،000 ސިފައިންނެވެ.

ރަޝިއާއިން 190،000 ސިފައިން ޔޫކުރެއިންގެ ބޯޑަރު ކައިރިއަށް ޖަމާކޮށްފައި ވާކަމަށް އެމެރިކާއިން ބުނެފައި ވާއިރު، ޔޫކުރެއިންގެ އިރުމަތީގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ، ރަޝިއާއިން އެހީތެރިވެދޭ ހަގުރާމަ ވެރިންނާއި ޔޫކުރެއިން ސިފައިނާމެދު ފާއިތުވެދިޔަ ދެ ދުވަހު ވަމީ މޯޓަރު ހަމަލާތައް ބަދަލު ކޮށްފައެވެ. އަދި މި ހަމަލާތަކަށްފަހު އެއްބަޔަކު އަނެއްބަކަށް ވަނީ ހަގުރާމަ ހުއްޓާލުމަށް ވެވަފައިވާ އެއްބަސްވުމާއި ޚިލާފު ވެފައިވާކަމުގެ ތުހުމަތު ކޮށްފައެވެ. ހުޅަނގުން ތުހުމަތު ކުރާ ގޮތުގައި، އިރުމަތީ ޔޫކުރެއިންގައި ވަކިވެގަތުމަށް ހަގުރާމަ ކުރާ ފަރާތްތަކާއި ޔޫކުރެއިން ސިފައިންނާ ދެމެދު ހަމަލާ ބަދަލު ކުރަން ފެށުމަކީ، ރަޝިއާއިން ރާވައިގެން ޔޫކުރެއިންއަށް އަރާނެ އުޒުރެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މޮސްކޯއިންވަނީ، ރަޝިއާގެ އަސްކަރިއްޔާއިން ކުރިޔަށް ގެންދާ ނިއުކުލިއަރ ޑްރިލްއެއްގައި ރަޝިއާގެ ރައީ ލާޑިމިރު ޕުޓިން ބައިވެރިވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *