އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ އިންޑިއާ އައުޓް ހަރަކާތަކީ، ޤައުމީ ސަލާމަތަށް ނުރައްކާ އޮތް ހަރަކާތެއް ކަމަށާއި، އެހަރަކާތް ނުހުއްޓުވެންވީ ސަބަބެއް ނެތްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިންޑިއާ އައުޓް ކެމްޕެއިނާއި ގުޅިގެން ޑިފެންސް މިނިސްޓްރީގެ އިސްބޭފުޅުންނާއިއެކު 241 ކޮމެޓީގައި އޮތް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ މިހަރަކާތުގެ ނުރައްކާތެރި ކަމަށާއި، ހަރަކާތާއި ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
އެގޮތުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންވަނީ އިންޑިއާ އައުޓަކީ ޤައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއްނަމަ، އެހަރަކާތް ނުއްޓުވަނީ ކީއްވެތީ ސުވާލު ކުރައްވާފައެވެ. މިސުވާލުގެ ޖަވާބުގައި މާރިޔާ ވިދާޅުވީ މިހަރަކާތަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކާތެރި ހަރަކާތެއްކަމަށެވެ. މާރިޔާ ވިދާޅުވީ މިހަރަކާތަކީ ރާއްޖޭގެ ދާޚިލީ ހަމަޖެހުން ގެއްލި އަވަށްޓެރި ޤައުމަކާއި އޮތް ގާތް ގުޅުންކެނޑި ދެޤައުމުގެ ރައްޔިތުންނަށްވެސް އެކަމުގެ ނުރައްކާ އޮތް ހަރަކާތެއްކަމަށެވެ.
މިހަރަކާތް ހުއްޓުވުމަށް ފުލުހުންނަށް އެއްވެސް ހުރަހެއް އޮތްކަމަށް ދެކެވަދައި ނުގަންވާކަމަށް ވިދާޅުވެ، މާރިޔާ ވިދާޅުވީ، ފުލުހުންނަށް މިހަރަކާތް ހުއްޓުވުމަށް ޤާނޫނީ ގޮތުން ހުރަސްތަކެއް އޮތްނަމަ މަޖިލީހުން ޤާނޫނުތަކެއް ހަދައިގެންވެސް އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަންޖެހޭކަމަށެވެ. އެކަން މަޖިލީހުންވެސް ކުރައްވައި ފުލުހުންނަށް އެއްބާރުލުން ދެއްވުމަށް މާރިޔާވަނީ ދަންނަވާފައެވެ.
"އިންޑިއާ އައުޓް" ނަމުގައި ހިންގާ ހަރަކާތާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން މިނިސްޓްރީ އޮފް ޑިފެންސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭފުޅުންނާ ބައްދަލުކުރުން
އޯޑިއޯ:https://t.co/vsZeS8vITb pic.twitter.com/jXZxn9OSzC
— People's Majlis (@mvpeoplesmajlis) February 17, 2022
އަލީ ހުސެއިންވަނީ އިންޑިއާއިން ބޭނުންވެއްޖެ ހާލަތެއްގައި ރާއްޖެ ހިފިދާނެކަމަށް މާރިޔާ ވިދާޅުވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. މިސުވާލުގެ ޖަވާބުގައި މާރިޔާ ވިދާޅުވީ ސީދާ އެހެން ވިދާޅުވެފައި ނުވާނެކަމަށާއި، ނަމަވެސް އެފަދަ ގޮތަކަށް ވިދާޅުވެވުނީތީވެސް މަޤާފަށް އެދިފައިވާނެކަމަށެވެ.
މިބައްދަލުވުމުގައި މާރިޔާވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަންކަން ހިނގައިދިޔަ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޚާއްސަކޮށް، ވެރިކަމުގެ ފަހު ދުވަސްކޮޅު ރައީސް ޔާމީންގެ ވެރިކަމުގައި، ކަންކަން ހިނގައިދިޔަ ގޮތަށް މާރިޔާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރާއްޖެއަކީ އަސްކަރީ ގޮތުންވެސް އަދި ދިރިއުޅުމުގެ އެހެން ކަންކަމުގައިވެސް އެހެން ޤައުމުތަކަށް ވަރަށް ބޮޑަށް ބަރޯސާ ވާންޖެހޭ ޤައުމެއްކަމަށެވެ.
މާރިޔާ ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ކޮންމެ ތިން ބިހަކުން އެއްބިހަކީ އިންޑިއާއިން އެތެރެކުރާ ބިހެއްކަމަށެވެ. ހަނޑު، ހަކުރަށް ބެލިކަމުގައި ވީނަމަވެސް އަދި ފިޔާ އަލުވިކަމަށް ބެލިނަމަވެސް ގިނައިން އެތެރެ ކުރަނީ އިންޑިއާއިންކަމަށެވެ. އެހެންކަމުން މިހަރަކާތުން ހަމައެކަނި ނުރައްކާވަނީ އަސްކަރީ ގޮތުން އެކަނި ނޫންކަމަށާއި، އާންމު ދިރިއުޅުމަށްވެސް ނުރައްކާވާކަމަށެވެ.
ކޮމެންޓު ފޮނުވާ