މިއަދު ރާއްޖޭގައި ވެރިކަން ކުރާ ކޯލިޝަން ސަރުކާރުފަދަ މަކަރުވެރި ކެހިވެރި ޖައްބާރު ސަރުކާރެއް ދިވެހީން އަދި ނުދެކޭ ކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް، އެދާއިރާގައި ހިންގަން ފެށީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކަށް ހިންގާނެކަމަށް އިއުލާންކޮށްފައިވާ މަޝްރޫޢުތަކުގެ ރިސޯޓްތަކުގެ މަސައްކަތް ހުއްޓާލުމާއި ގުޅިގެން އަދުރޭ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ށ. ކޮމަންޑޫ ކައިރީގައި އޮންނަ 3 ރަށަކާއިކު 21 ރަށެއްގައި، ރިސޯޓު ހަދަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލިތާ މަހެއް ނުވަނީސް ލިސްޓުން ކޮމަންޑޫ ދާއިރާގެ ކައިރީގައި އޮތް 3 ރަށުގެ ނަންތައް ވަނީ އުނިކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން ރިސޯޓް ހަދަން ހުޅުވާލާފައިވަނީ ކޮމަންޑޫ ކައިރީގައި އޮންނަ ށ. މެދުރަށާއި، ށ. ދިގުރަށް އަދި ށ. މައިރަށުގައި (ދިގުވެލިދޫގަ)އެވެ. މިތިންރަށްވެސް މިހާރުވަނީ ލިސްޓުން އުނިކޮށްފައެވެ. މިރަށްތައް ޓުވަރިސްޓު ރިސޯޓް ތަރައްޤީ ކުރުމަށް ހުޅުވާލީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ދިމާކޮށެވެ.
ކޮމަންޑޫ ކައިރީގައި ރިސޯޓް ހެދުމަށް ނިންމުމަށްފަހު މިހާރު އެރަށްތަށް ލިސްޓުންވެސް އުނިކޮށްފައިވާތީ އަދުރޭ ވިދާޅުވީ މިއީ ވަރަށް މަކަރުވެރި ސަރުކާރެއްކަމަށެވެ. މިއީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ސަރުކާރަށް ގޮޑި ދިނުމުން ރައްޔިތުންނަށް ހައްގުވާ މިންވަރުތޯ އަދުރޭ ވަނީ ސަރުކާރަށް ސުވާލު ކުރައްވާފައެވެ. އަދި މިއީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އަނިޔާވެރިކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރަށް: ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ސަރުކާރަށް ދިނީމަ އެ ދާއިރާގެ ރައްޔިތުންނަށް ޙައްގުވާ މިންވަރަކީ މިއީތޯ؟ މިއީ ކޮންފަދަ އަނިޔާއަކާ އޮޅުވާލުމެއްތޯ؟ މިފަދަ މަކަރުވެރި ކެހިވެރި ޖައްބާރު ސަރުކާރެއް ދިވެހީން އަދި ނުދެކޭ.
– އަދުރޭ ވިދާޅުވިއެވެ.
ސަރުކާރަށް: ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ސަރުކާރަށް ދިނީމަ އެ ދާއިރާގެ ރައްޔިތުންނަށް ޙައްގުވާ މިންވަރަކީ މިއީތޯ؟މިއީ ކޮންފަދަ އަނިޔާއަކާ އޮޅުވާލުމެއްތޯ؟ މި ފަދަ މަކަރުވެރި ކެހިވެރި ޖައްބާރު ސަރުކާރެއް ދިވެހީން އަދި ނުދެކޭ #IndiaOut @ibusolihIsthiufaa pic.twitter.com/6YlhbIJZyF
— Abdul Raheem Abdulla (@Banafsaa) February 17, 2022
އިދިކޮޅު ފަރާތްތަކުން ކެމްޕެއިން ދުވަސްވަރުގައިވެސް ވަނީ މިއީ ސީދާ އިންތިޚާބަށް ވަމުންދާ ވައުދުތަކެއް ކަމަށްބުނެ ރައްޔިތުން އެކަމަށް ނުހެއްލުމަށް އިލްތިމާސްކޮށްފައެވެ. ކޮމަންޑޫ ދާއިރާގެ ތަރައްޤީގެ ގިނަ ކަންތައްތަކެއް އެއްފަހަރާ އިންތިޚާބު ތެރޭގައި ފެށި ނަމަވެސް މިހާރު އެކަމުގެ ވާހަކަތަކެއް މާބޮޑަށް އަޑެއްނީވެއެވެ.