ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ހުއްދަދީ، ރޭގަނޑު 12 ޖެހުމާއި ހަމައަށް މާލޭގައި ބޭރުގައި އުޅެވޭނެގޮތަށް ލުއިތަކެއް ދީފިއެވެ.
އެޗްޕީއޭ ގައިޑްލައިނާ އެއްގޮތަށް ޢަމަލުކުރުމަށް ޝަރުތުކޮށް، މާދަމާއިން ފެށިގެން މާލެސަރަހައްދަށް ގިނަ ލުއިތަކެއް ދިނުމަށް ނިންމާ އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
މާދަމާއިން ފެށިގެން ދިނުމަށް ނިންމި ލުއިތަކުގެތެރޭގައި:
1- ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ޔޫތު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން މުބާރާތްތައް
ފިޔަވައި، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ހުޅުވައިލުން.
2- ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ވިޔަފާރިކުރާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން،
އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ހުޅުވުން.
3- އެއްފަހަރާ 15 މީހުންނަށްވުރެ ގިނަ ނުވާގޮތަށް ކުޅިވަރުތައް ބަލަން ދިޔުން.
4- ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ޕާކުތަކާއި މައިޒާންތަކާއި ދާރުލް އާސާރުތަކާއު އާންމުން
އެއްވެ އުޅޭ ތަންތަން ހުޅުވައިލުން.
5- ގޭގައި މަސައްކަތްކުރާގޮތަށް އޮފީސްތަކުން ހަމަޖައްސާފައިވާ ހައި ރިސްކު ފަރާތްތައް ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު
އޮފީސްތަކަށް ނިކުމެ މަސައްކަތްކުރުން.
މީގެ އިތުރުން މާލެ، ހުޅުމާލެ، ވިލިމާލޭގައި ރޭގަނޑު 12:00 ޖެހުމާއި ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމަށާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުމަށް އެޗްޕީއޭއިން ވަނީ ހުއްދަދީފައެވެ. އެހެންކަމުން ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 04:00 ޖެހުމާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުމާއި މަގުތަކަށް ނިކުމެ އުޅުމަކީ މަނާކަމެއްކަމަށް އެޗްޕއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ މާލެ ސަރަޙައްދުގައި އެއްވެސް ވަގުތެއްގައި، އެއްފަހަރާ 15 މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެއުޅުމަކީ މަނާކަމެއްކަމަށެވެ. އަދި މާލެސަރަހައްދުން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުވާނެ ޖެހޭނެކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން ރާއްޖޭގެ އެތެރޭގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުކުރާ ފަރާތްތައް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޢަމަލުކުރުމާއި، ހުރިހާ ވަގުތެއްގައިވެސް މާސްކު އެޅުމަށްވެސް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ