ސްޓެމް ސެލް ޓްރާންސްޕްލާންޓު ހެދި އަންހެނަކު އެއިޑްސް ބަލިން ރަގަޅު ވެއްޖެ

ސްޓެމް ސެލް ޓްރާންސްޕްލާންޓު ހެދި އަންހެނަކު އެއިޑްސް ބަލިން ރަގަޅު ވެއްޖެ

Author
ހުސެއިން
16 ފެބްރުއަރީ 2022 07:12
0

ދުނިޔޭގައި މިހާތަނަށް އެއިޑްސް ބަލިން ރަގަޅުވި އެންމެ ފުރަތަމަ އަންހެން މީހަކަށް އަދި ދުނިޔޭގައި މިހާތަނަށް މިބަލިން ޝިފާ ލިބިގެންދިޔަ ތިންވަނަ މީހަކަށް، ސްޓެމް ސެލް ޓްރާންސް ޕްލާންޓުގެ ފަރުވާ ހޯދި، ލިއުކީމިއާއަށްވެސް ފަރުވާ ހޯދަމުންދާ އެމެރިކާގެ އަންހެނަކު ވެއްޖެ ކަމުގައި ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.

މިހަފްތާގެ އަންގާރަ ދުވަހު މި ކޭސް ހުށަހަޅާފައި ވަނީ، އަންގާރަ ދުވަހު އެމެރިކާގެ ޑެންވަރ ސިޓީގައި ބޭއްވުނު ރެޓްރޯ ވައިރަސެސް އެންޑް އޮޕޮޗުނިސްޓިކު އިންފެކްޝަންސް ކޮންފަރެންސަށެވެ. އަދި މި ކޭސްއަކީ، އުބުލިކަން ކޯރޑުގެ ލޭ ބޭނުން ކޮށްގެން އެކިއުޓު މައިލޮއިޑް ލިއުކީމިއާ އަށް ފަރުވާކުރި ފުރަތަމަ ކޭސްވެސްމެއެވެ. މި ފަރުވާ ފެށެނީ، ބޯން މެރޯގައި ހުންނަ ލޭގެ ސެލްތަކުންނެވެ.

އެމެރިކާގެ މަސްހުނި ނަސްލަކަށް ނިސްބަތްވާ، މެދު އުމުރުގެ މި އަންހެން މީހާގެ ގަޔަށް ކޯރޑް ބްލަޑް (އުމްބުލިކަލް ކޯރޑުގެ ލޭ) އެޅުމަށްފަހު ފާއިތުވެދިޔަ 14 މަސް ދުވަހުގެ ތެރޭގައި، މިމީހާގެ ހަށިގަޑުން އެއިޑްސްގެ އަސަރު ފެނިފިއެއް ނުވެއެވެ. އަދި އެއިޑްސްއާއި ދެކޮޅަށް ދޭ އެންޓަޔަރޓްރޯވައިރަލް ތެރަޕީ ދޭން ޖެހިފައެއް ނުވެއެވެ.

"މިއީ އެއިޑްސްއިން ރަގަޅުވި ކަމަށް ރިޕޯޓު ކުރެވުނު 3 ވަނަ ކޭސް، އަދި ކޯވިޑާއެކު ދިރިއުޅެމުންދާ އަންހެނަކު ކޯވިޑުން ރަގަޅުވި ފުރަތަމަ ފަހަރު" އިންޓަރނޭޝަނަލް އެއިޑްސް ސޮސައިޓިގެ ޕްރެޒިޑެންޓު އިލެކްޓް ޝެރޯން ލެވިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

 

މީގެ ކުރިން ކޯވިޑުން ރަގަޅުވެފައިވަނީ ދެ ފިރިހެނެކެވެ. އެކަކީ ދޮން މީހެކެވެ. އަދި އަނެއް މީހާއަކީ ލެޓިނޯ މީހެކެވެ. މި ދެމީހުންވެސް ހޯދާފައިވާ ފަރުވާއަކީ، ބޯންމެރޯ ޓްރާންސް ޕްލާންޓުގައި އާންމު ކޮށް ބޭނުންކުރާ ފަރުވާއެއް ކަމުގައިވާ އެޑަލްޓް ސްޓެމްސެލްގެ ފަރުވާއެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިހާރު ބޭނުންކުރި މި ފަރުވާގެ ސަބަބުން މިފަރުވާ ގިނަ ބަޔަކަށް ލިބިގެން ދިއުމުގެ ފުރުސަތު އިހުނަށްވުރެ ބޮޑަށް ފަހިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.