އަޅުވެތިކަން ތަހައްމަލު ނުކުރެވޭނެ، ބޭރުގެ ސިފައިންނަށް މިޤައުމުގައި ނުތިބެވޭނެ: އަލީ ރަމީޒު

އަޅުވެތިކަން ތަހައްމަލު ނުކުރެވޭނެ، ބޭރުގެ ސިފައިންނަށް މިޤައުމުގައި ނުތިބެވޭނެ: އަލީ ރަމީޒު

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2022 08:48
0

މިފަސް ގަނޑުގައި އެއްވެސް ޤައުމެއްގެ ސިފައިންނަކަށް ނުތިބެވޭނެ ކަމުގައި ސަލަފްގެ އިސް މެމްބަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒު މިހެން ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ފާހަގަކުރާ ގޮތަށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ނުރައްކަލެއް އޮތް ކަމަކަށް ފާހަގަ ނުކުރެވޭ ކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެ ދއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އިންޑިއާ އައުޓް ކެމްޕެއިނާ ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުން ދިރާސާ ކުރުމަށް 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ދާހިލީ ސަލާމަތަށް ނުރަނގަޅު އަސަރު ކުރާ ކަމަށެވެ.

ސީޕީގެ ވާހަތަކައި ގުޅިގެން އަލީ ރަމީޒު ވިދާޅުވީ، ރާއްޖޭގައި ބޭރުގެ ޤައުމުތަކުގެ އަސްކަރީ ސިފައިންނަށް ތިބެވިގެން ނުވާނެކަމަށެވެ. އަޅުވެތިކަމަށް ޖާގަލިބޭ ގޮތަށް ބޭރުގެ ޤައުމުތަކުގެ ސިފައިން މިފަސްގަނޑުގައި ތިބުމަކީ ވެވޭ ވަރަށްބޮޑު ޣައްދާރުވުމެއްކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.

އެއްވެސް ޤައުމެއްގެ ސިފައިންނަކަށް މިޤައުމުގައި ނުތިބެވޭނެ. އަޅުވެތި ކަން ތަހައްމަލެއް ނުކުރެވޭނެ. ޤައުމަށް ޣައްދާރުވި ޚާއިނުންނަށް ހައްގު އަދަބު ލިބެންޖެހޭ.

– އަލީ ރަމީޒު ވިދާޅުވިއެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ ސިފައިން ދާހިލީ ކަމަކަށް ބުރޫ އަރާފާނެ އަމަލުތަކެއް ހިންގާ ކަމެއް ފެނިފައި ނެތްކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މައްސަލައެއް ނޫންކަމަށް ތަކުރާރުކޮށް، ސީޕީ ވަނީ އެދުވަހުގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ސީޕީގެ މިވާހަތަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ ފާޑުވިދާޅުވެފައެވެ. ޚާއްސަކޮށް ޤައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުއްލަވާ ފަރާތުން އެހެން ޤައުމުގެ އަސްކަރީ ބާރަކަށް ރާއްޖޭގައި ތިބުމުގެ ޖާގަދީ ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކުމަކީ މިނިވަންކަމާއިމެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމުގެ ހެއްކެތްކަމަށް ގިނަ ބަަޔަކު ދަނީ ބުނަމުންނެވެ. ސަރުކާރުން ވަނީ ރާއްޖޭގައި އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ފިޔަވަޅު އަޅާފާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފަގުޑި
ތާލިބާނުން ތަމްރީނުކޮށްފައިވާ ހަގުރާމަވަރިން މިރާއްޖޭގަ ތިބެވިދާނެތޯ؟ އަދި އެމީހުން ފިލޯސަފީ ޕްރޮމޯޓްކުރާމީހުންނަށްވެސް ތިބެވޭނެތޯ؟