އެސްޕަންޔޯލް އަތުން ބަލިނުވެ ބާސެލޯނާ ސަލާމަތްވެއްޖެ

އެސްޕަންޔޯލް އަތުން ބަލިނުވެ ބާސެލޯނާ ސަލާމަތްވެއްޖެ

ގުޅުންހުރި

ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލް އަތުން ބަލިނުވެ ބާސެލޯނާ ސަލާމަތްވެއްޖެއެވެ.

އެސްޕަންޔޯލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުން ބާސެލޯނާ ބަލިނުވެ ސަލާމަތްކޮށްދިންލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ލޫކް ޑި ޔޯންއެވެ.

ރޭގެ މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ބާސެލޯނާއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 2 ވަނަ މިނެޓުގެ ތެރޭގައިކާމިޔާބުކޮށްދިނީ، ޕެޑްރީ ގޮންޒާލޭޒްއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެސްޕަންޔޯލް އިންވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާހަމަހަމަކޮށްފައެވެ. މި ލަނޑު 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާޖީ ޑާޑޭއެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފުގައި އެސްޕަންޔޯލް އިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑުވެސް ނަގާފައެވެ. މެޗުގެ64 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ، ރައުލް ޑެ ޓޯމާސްއެވެ. 1-2 ނަތީޖާއަކުން އެސްޕަންޔޯލް ކުރީގައި އޮވެގެން މެޗުނިމެން ދަނިކޮށް ބާސެލޯނާ ބަކިނުވެ ސަލާމަތްކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ، ލޫކް ޑި ޔޯންއެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ވެސް ބާސެލޯނާ ވަނީ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ފަސް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ އެއްވަރަށް ޕޮއިންޓްހޯދައިގެންނެވެ. ބާސެލޯނާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ދެ ޓީމުން ވެސް 23 މެޗުން ވަނީ 39 ޕޮއިންޓް ހޯދައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ