ޕްރޮޖެކްޓްތަށް ދަނީ ފިނިހަކަ ސްޕީޑްގައި، ސައީދަށް މަންމަނަކަށްވެ ނުހުރެވޭނެ: ރާޢީ

ޕްރޮޖެކްޓްތަށް ދަނީ ފިނިހަކަ ސްޕީޑްގައި، ސައީދަށް މަންމަނަކަށްވެ ނުހުރެވޭނެ: ރާޢީ

ބައެއް ދާއުރާތަކުގެ ޕްރޮޖެކްޓްތައް ދަނީ ފިނިހަކަ ސްޕީޑުގައި ކަމަށާއި، ފެނަކައިގެ އެމްޑީ ސައީދަށް މަންމަކަށްވެ ތާއަބަދު ނުހުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

މެމްބަރު ރާއީ މިހެން ވިދާޅުވީ، ފެނަކައިން ރާއްޖޭގެ ބައެއް ސަރަހައްދު ތަކުގައި ހިންގަމުންދާ ތަރައްޤީގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ނުކުރެވޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓުގައެވެ.

ރައީ ވިދާޅުވީ ބައެއް ރަށްރަށުގައި ފެނަކައިން ހިންގަމުންދާ މަޝްރޫޢުތައް ކުރިއަށްދަނީ ފިނިހަކަ ސްޕީޑުގައިކަމަށެވެ. ކޮންޓްރކްޓު ކުރެވިފައިވާ މުއްދަތު ހަމަވެ، މަސައްކަތް ނުފެށި އެތައް ދުވަހެއް ވެގެންދާއިރުވެސް މިއިންކަމަށާއި މާބޮޑު އަޅާލުމަށް ބަހައްޓަވާ ތަނެއް ނުފެންނަ ކަމަށް ރާއީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ތާއަބަދު ބަލަންތިބެވޭނެ ކަމެއް ނޫންކަމަށާއި، ފެނަކަ އެމްޑީ ސައީދަށް ތާއަބަދު މަންމަނަކަށްވެ ނުހުރެވޭނެކަމަށެވެ.

ބައެއް ދާއިރާތަކުގެ ޕްރޮޖެކްޓްތަށް ދަނީ ފިނިހަކަ ސްޕީޑްގައި، ކޮންޓްރެކް ކުރެވިފައިވާ މުއްދަތު ފަހަނަ އަޅާ، ގިނަ މަސައްކަތްތައް ވަނީ ހުއްޓިފައި، ނޫނީ ވާނުވާގައި، ކޮންޓްރެކްޓް ކުރެވޭ ގޮތުން ދެން ހެދޭނެ ގޮތެއް ނެތިފައި. ފެނަކަ އެމްޑީ މަންމަނަކަށްވެ ތާއަބަދަށް ނުހުރެވޭނެ.

– ރާއީ ވިދާޅުވިއެވެ.

ރާއީ ފެނަކަ އެމްޑީ ސައީދަށް ނުރުހުން ފާޅުކޮށް ޓުވީޓު ކުރައްވާފައިވާއިރު، ރާއީވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން އެމްޑީޕީއަށް 2023 ކާމިޔާބުވިޔަ ނުދޭން މަސައްކަތް ކުރާކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. އެގޮތުން އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހު މަސައްކަތް ކުރައްވަމުން އެމްޑީޕީއަށް 2023 ކާމިޔާބު ވިޔަ ނުދިނުމަށް ކަމަށްބުނެ ރާއީ ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މެމްބަރު ރާއީ ގެންދަވަނީ އޭނާގެ ދާއިރާއަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި އެކި އިދާރާތަކުން އެންމެ ބޭނުންވާ ސްޕީޑުގައި ކަންކަން ކޮށް ނުދެވޭތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. މިގޮތުން ރާއީގެ އެންމެ ބޮޑު ފާޑުކިޔުން އަބަދުވެސް އަމާޒުވާ އެއްބޭފުޅަކީ ހޯމް މިނިސްޓަރ އިމްރާނެވެ. ރާއީ ވިދާޅުވެފައިވަނީ އިމްރާނަކީ މަޤާމަށް ދަހިވެތި ވެފައިވާ އަމިއްލަ އެދުމުން ފުރިގެންވާ ބޭފުޅެއް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *