ނަޝީދަކީ އަބަދުވެސް އަމިއްލަ މަސްލަހަތު އިސްކުރާ މީހެއް: ޒައިދު

ނަޝީދަކީ އަބަދުވެސް އަމިއްލަ މަސްލަހަތު އިސްކުރާ މީހެއް: ޒައިދު

Author
މުޙައްމަދު ޝަޒައިމް
12 ފެބްރުއަރީ 2022 11:28
0

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް އަމިއްލަ މަސްލަހަތު އިސްކުރައްވާ، އަމިއްލަ ފައިދާއަށް ކަންކަން ނިންމަވާ ބޭފުޅެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވެރިކަމެއް އަބަދަށްމެ އޮތުމަށް އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ގާނޫނު އަސާސީ ބަދަލުކުރުން މުހިންމު ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެފަދަ އިން އަމަލު ކުރެވޭނީ 30 ޕަސެންޓަށް ވުރެ އިތުރަށް އެންމެ ގިނައިން ވޯޓް ހޯދާ ކެންޑިޑޭޓަކު ވޯޓް ހޯދައިފި ހާލަތެއްގައި ކަމަށް ވިދާޅުވިއެވެ. އެ އަދަދަށް އެއްވެސް ކެންޑިޑޭޓަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓުން ދެވަނަ ބުރަކަށް ވާދަ ކުރަން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި ލިޔުން މުހިންމު ކަމަަށެވެ.

ނަޝީދު ވިދާޅުވީ އެ އުސޫލަށް ގާނޫނު އަސާސީ ބަދަލު ކުރުން މުހިންމު ވަނީ އެމްޑީޕީން އަބަދަށް ވެރިކަމުގައި ތިބުމަށެވެ.

ނަޝީދުގެ މިވާހަތަކާއި ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ، ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ނިންމުމަށް ކުރެއްވި މަސައްކަތުގައި ނަޝީދު ވިދާޅުވަމުން ދިޔައީ، ވެރިކަމަކީ އެހާ ދިގުކޮށް ކުރަން ހެޔިވަރުވާ އެއްޗެއް ނޫންކަމަށެވެ. ނަމަވެސް މިއަދު ވެރިކަމުގެ އާރާއި ބާރު އޮތުމުން، ވެރިކަން ދިފާކުރެއްވުމަށް އަމިއްލަ މަސްލަހަތަށް ކަންކަން ނިންމައި، %30 އާއިއެކު 30 އަހަރުވެސް ވެރިކަން ކުރަން ނަޝީދަށް ރަނގަޅުވެއްޖެކަމަށް ޒައިދު ވިދާޅުވިއެވެ.

30 އަހަރުގެ ވެރިކަން ބަދަލުކުރަން ބުނީ ވެރިކަމަކީ ދިގުކޮށްކުރަން ހެޔޮވާވަރު އެއްޗެއް ނޫންކަމަށް! އެކަމަކު އަމިއްލަ ނަފްސާޖެހުނީމާ އެއްކޮށް ބަދަލުވެއްޖެ! މިހާރު ބޭނުންވަނީ %30 ނުލިބުނަސް 30 އަހަރަށް ވެރިކަން ކުރައްވަން! އަބަދުވެސް އިސްކުރައްވަނީ އަމިއްލަ މަޞްލަހަތު! އޭރުވެސް މިހާރުވެސް!

– ޒައިދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ނަޝީދު ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް މިކަން ކުރުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް ދެކޮޅު ހައްދަވާތީ އަދި އެކަން ކުރެވޭ ގޮތް ވަނީ ނުވެފައެވެ. ނަޝީދުގެ މިހާރުގެ ޓާގެޓަކީ އެމްޑީޕީއަށް ވެރިކަމުގައި ކުރިއަށް 10 އަހަރު ތިބެވޭނެ ފޯމިއުލާއެއް ހޯދުމެވެ.

އެކަން އެގޮތަށް ކުރުމަށްޓަކައި ޤާނޫނު އަސާސީއަށް ބަދަލު ގެނައުމާއި ގުޅޭގޮތުން މިއަހަރުގެ އޮގަސްޓް 4 ވަނަ ދުވަހު އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކިނބޫ
ސުލޯލިހު އިސްކުރަނީ ކޯޗެއް؟ ކަލޭމެން ލަދެއްނުގަނޭތަ އަނގަ ގަޅަން!
ށ ށަިހު
ސޭހުު. ތަނކޮލެއް އަގަބޮޑު