ހިޔޮން ބިން އާއި ސޮން ޔޭ ޖިން ކައިވެނިކުރަނީ!

ހިޔޮން ބިން އާއި ސޮން ޔޭ ޖިން ކައިވެނިކުރަނީ!

Author
ފާތިމަތު ނާވީ
13 ފެބްރުއަރީ 2022 08:04
0

ކޮރެއާގެ މަޝްހޫރު އެކްޓަރުން ކަމުގައިވާ ހިޔޮން ބިން އާއި ސޮން ޔޭ ޖިން ކައިވެނި ކުރަން އުޅޭ ކަން އިއުލާން ކޮށްފިއެވެ.

އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަން އިއުލާން ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއީ އެ ދެމީހުން ކުޅުނު ޑްރާމާ "ކްރެޝް ލޭންޑިން އޮން ޔޫ" ނިމުނު ފަހުންނެވެ. މި ޑްރާމާ ގެނެސް ދީފައި ވަނީ ނެޓް ފްލިކްސް އިންނެެވެ.

އިންްސްޓަގްރާމުގައި މިކަން އިއުލާން ކުރުމަށް ސޮން ވަނީ ކުޑަ ކުޑަ ވެޑިންގ ޑްރެސްއެއް ޕޯސްޓްކޮށް، ޚަބަރު ކަށަވަރު ކޮށްދީފައެވެ.

 

View this post on Instagram

 

A post shared by 손예진 (@yejinhand)

ދިވެހިންގެ މެދުގައިވެސް ކޮރެއާ ޑްރާމާ ތަަކަށް އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. ހާއްސަކޮށް ޒުވާން ކުދިންގެ މެދުގައި ކޮރެއާ ޑްރާމާ ތަކަށް ލިބެމުން އަންނަ މަގުބޫލުކަން ބޮޑެވެ.

މި ދެތަރިން ދިމާވެފައި ވަނީ އެކުގައި މަސައްކަތް ކުރި ބައެއް ޕްރޮޖެކްޓު ތަކުންނެވެ. އަދި މަޑުމަޑުން އެދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުނީއެވެ.

39، އަހަރުގެ ހިޔޮން ބިން  އާއި 40 އަހަރުގެ ސޮން ޔޭ ޖިން ކައިވެނި ކުރާ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.