އެމްޑީޕީގެ މި ވެރިކަމުގައި މިހާރު ފެންނަމުންދަނީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު އަހަރުތަކުގައި ފެންނަމުންދިޔަ މަންޒަރުތައްކަމަށް ވިދާޅުވެ މިސަރުކާރުގެ ފުރަތަމަ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.
މަލީހުން މިފަދައިން ފާޑުވިދާޅުވެފައި މިވަނީ އެމްޑީޕީއަށް ދާއިމީކޮށް ވެރިކަމުގައި އޮވެވޭނީ ވެރިކަމުގެ ނިޒާމް ބަރުލަމާނިއަށް ބަދަލުކޮށްގެންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ރައީސް ނަޝިދު ވަނީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުގޮސް އެންމެ ގިނަ ވޯތް ލިބޭ ކެނޑިޑޭތަކަށް ވެރިކަމަށް އާދެވޭނެގޮތަށް ޤާނޫނު އަސާސީއަށް އިޞްލާހު ގެނައުމަށް އެމްޑީޕީ ޤައުމީ މަޖިލީހަށް ހުށައަޅުއްވާފައެވެ.
ނަޝީދުގެ މި ހުށައެޅުންތަކާއި ގުޅިގެން ފާޑުވިދާޅުވެ މަލީހް ވިދާޅުވީ، އެމްޑީޕީގެ ދެ ވަނަ ވެރިކަމުގެ ތެރެއިން މިހާރު ފެންނަމުން މިދަނީ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު އަހަރުތަކުގައި ފެންނަމުން ދިޔަ މަންޒަރުތައްކަމަށެވެ. ވެރިކަން ބީނުވާނެ ހެން ހީވާ ހުރިހާ ކަމެއް ކުރެއްވިކަމަށް މަލީހް ވިދާޅުވިއެވެ.
އެހެނަމަވެސް ބެދޭ މަޅި ނުފެންނާނެޔޭ ދިވެހިން ބުނެ އުޅެނީ. އެމްޑީޕީވެސް އެމަގުން.
– މުޙައްމަދު މަލީހް ޖަމާލް
އެމްޑީޕީގެ 2ވަނަ ވެރިކަމުގެ ތެރެއިން މިހާރު ފެންނަމުން މިދަނީ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު އަހަރުތަކުގައި ފެންނަމުން ދިޔަ މަންޒަރުތައް. ވެރިކަން ބީނުވާނެ ހެން ހީވާ ހުރިހާ ކަމެއް ކުރެއްވި. އެހެނަސް ބެދޭ މަޅި ނުފެންނާނެޔޭ ދިވެހިން ބުނެ އުޅެނީ. އެމްޑީޕީވެސް އެމަގުން.
— Mohamed Maleeh Jamal (@maleehjamal) February 10, 2022
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކޮށްގެން މެނުވީ ދެން އެމްޑީޕީއަށް ވެރިކަން ނުލިބޭނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދާދި ފަހުން ވަނީ ވިދާޅުވެފއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިޚާބު އެޕާޓީއަށް ކާމިޔާބު ކުރެވުނުނަމަވެސް އިންތިޚާބުގެ 50 އިންސައްތަ ހުރަކުރެވިފައިނުވާކަމަށެވެ. ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމްގައި އިންތިޚާބު ކާމިޔާބުކުރަން 50 އިންސައްތަ ހޯދަން ނުޖެހޭނެކަމަށާއި، ބަރުލަމާނީ ނިޒާމަށް ބަދަލުކޮށްގެން މެނުވީ އެމްޑީޕީއަށް ދެން ވެރިކަން ނުލިބޭނެކަމަށެވެ.
ޝުކުރިއްޔާ! އެކަމަކު 50 ޕަސެންޓު ހުރަސް ނުކުރި، ބަރުލަމާނީއަށް ބަދަލު ނުވެއްޖެނަމަ އަޅުގަނޑުމެންނަށް ވެރިކަމުގައި ނުތިބޭނެ..
– ރައީސް ނަޝީދު ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖުގައިވެއެވެ.
ރައީސް ނަޝީދު އަބަދުވެސް ގެންދަވަނީ ނަރުލަމާނީ ނިޒާމަށް ތަޢީދުކޮށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ގޮވާލައްވަމުންނެވެ. މީގެ އިތުރުން ރޭ އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ރައީސް ނަޝީދު ވިދާޅުވީ، އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ %30 ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމަށް ފަހު، އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް ރައީސް ކަމަށް އާދެވޭ ގޮތަށް ގާނޫނުއަސާސީގައި ކަނޑައެޅުމަކީ މުހިއްމުކަމެއްކަމަށެވެ.
އެ ބަދަލު ގެނައުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަ ކުރެއްވީ، އެމްޑީޕީގެ ވެރިކަމެއް ތާއަބަދުމެ އޮތުމެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދެން އަންނަ ފަސް އަހަރަށް ވެސް، އޭގެ ފަހުން އަންނަ ފަސް އަހަރު ވެސް އެމްޑީޕީގެ ވެރިކަމެއް އޮތުމަށް، ރައްޔިތުން ހަރު އަޑުން ގޮވަމުންދާ ގޮވުން ކަނުލާ އަހަން ޖެހެއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި, އެމްޑީޕީން ވަކާލާތު ކުރަނީ ވެރިކަމުގެ ހުރިހާ ކަމެއް ރައްޔިތުންގެ ކުރިމަތީގައި ދެފުށްފެންނަ ގޮތަށް ކުރިއަށް ގެންދިޔުމަށެވެ. އެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ