ޤާސިމަކީ ރަނގަޅު ބައްޕައެއް، އަދި ހަޔާތުގެ އެންމެ މުހިންމު މީހާ: ނަހުލާ

ޤާސިމަކީ ރަނގަޅު ބައްޕައެއް، އަދި ހަޔާތުގެ އެންމެ މުހިންމު މީހާ: ނަހުލާ

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2022 10:21
0

ޤާސިމް އިބްރާހިމްއަކީ ދަރިންނަށް ހެޔޮލަފާ ރަނގަޅު ބައްޕައެއް ކަމަށާއި، އަދި ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށް ޤާސިމްގެ އަނބިކަނބަލުން ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިފަދައިން ވިދާޅުވީ ޤާސިމްގެ އުފަންދަހުގެ ތަހުނިޔާ ފޮނުއްވަމުންނެވެ. މިނިސްޓަރ ނަހުލާ ވިދާޅުވީ ޤާސިމަކީ އެކަމަނާގެ ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށެވެ. އަދި ޤާސިމަކީ ދަރިންނަށް ހެޔޮލަފާ ބައްޕައެއްކަމަށެވެ. ނަހުލާވަނީ ޤާސިމަށް އަބަދުވެސް ހެޔޮގޮތް މިންވަރު ކުރެއްވުމަށް ދުޢާ ކުރައްވާފައެވެ.

ގާސިމާއި މިނިސްޓަރު ނަހުލާގެ ކައިވެންޏަށް މިހާރު 13 އަހަރު ވެއްޖެއެވެ. ދެކަނބަލުންނަށް ވަނީ ހަބޭފުޅަކު ލިބިވަޑައިގެންފައި ވެއެވެ.

ގާސިމާއި މިނިސްޓަރ ނަހުލާ ވެސް ވަނީ ދެކަނބަލުންގެ ހަޔާތްޕުޅާއި ގުޅޭ ގޮތުން ތަފާތު އެކިފަހަރު މަތިން މީޑިއާ އާއި އަދި އާއްމު ސިޔާސީ އެއްވުންތަކުގައި ވެސް ވާހަކަދައްކަވާފައެވެ. ގާސިމް ފަދަ ދެ ވަނަ "ޖަވާހިރެއް" ނުލިބޭނެ އެ މަނިކުފާނާ ވަކި ނުކުރެވޭނެ ކަމަށްވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.