ރައީސް ޔާމީން ހުކުރު ދުވަހު މީދޫއަށް ވަޑައިގަންނަވަނީ

ރައީސް ޔާމީން ހުކުރު ދުވަހު މީދޫއަށް ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
09 ފެބްރުއަރީ 2022 02:24
0

އިންޑިއާ އައުޓް ހަރަކާތާއެކު އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން ރ.މީދޫއަށް ހުކުރު ދުވަހު ވަޑައިގަންނަވާނެކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ރައީސް ޔާމީން އިސްވެ ފަށްޓަވާފައިވާ އިންޑިއާ އައުޓް ހަރަކާތް ފުޅާކުރުމަށް ރައީސް ޔާމީން ގެންދަވަނީ އަތޮޅުތަކަށްވެސް ދަތުރުކުރައްވަމުންނެވެ. އެމަނިކުފާނުގެ މިދަތުރުފުޅާއި ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ ކެމްޕެއިންގައި ކުރައްވާ ދަތުރުފުޅު ތަކުގެ ތެރެއިން ދަތުރެއްކަމަށެވެ. މިދަތުރުގައި ޕީޕީއެމްގެ ލީޑަރޝިޕްގެ އިސް ބޭފުޅުންވެސް ބައިވެރިވާނެއެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ފަށާފައިވާ ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުންވަނީ މިހަރަކާތް ހިންގުމަށް ދެން ޖާގަ ނުދޭނެކަމަށް ބުނެފައެވެ.

ރައީސް ޔާމީން މިނިވަންވި ފަހުން އިންޑިއާ އައުޓްގެ ހަރަކާތްތައް އަތޮޅުތަކުގެ ތެރެއަށް ފުޅާ ކުރައްވައި، ރަށް ރަށަށް ވެސް ވަނީ ވަޑައިގަންނަވަން ފައްޓަވާފައެވެ. މާލެ އަތޮޅުގެ ރަށްތަކުން އެމަނިކުފާނު ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި ފ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެންމެ ފަހުން މި ހަރަކާތަށް އެމަނިކުފާނު ވަޑައިގެންނެވީ ރ. ދުވާފަރަށެެވެ.

ރާއްޖޭގައި ތިބި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ޤާނޫނަށް ހެދުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި ޗެނަލް-13ގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގުޅުން އޮތް ޤައުމީ ހަރަކާތެއްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ފުލް ކޮންޓްރޯލް އޮތުމުން ޤާނޫނު ހެދިދާނެކަމަށާއި، ނަމަވެސް ދިވެހި ފަސްގަނޑުގައި އިންޑިއާގެ އަސްކައްރިއްޔާ ތިބުމަކީ ދިވެހި ރައްޔިތުން ޖާގަ ދޭނެކަމެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މަޖިލީހުގެ ކޮންޓްރޯލް އޮތުމުން ޤާނޫނެއް ފާސް ކުރެވިދާނެ. ނަމަވެސް "އިންޑިއާ އައުޓް" ހަރަކާތެއް ދެން ނުހުއްޓުވޭނެ. ހުއްޓުވޭނަމަ، މިހާރުވެސް ހުއްޓުވުނީސް. މިހާތަނަށްވެސް ނުހުއްޓުވުނެއް ނޫންތޯ. ޤާނޫނު އަސާސީން އަޅުގަނޑުމެނަށް ލިބިފައިވާ ޚިޔާލް ފާޅު ކުރުމުގެ ހައްގު ހަނިކުރަން ކުރާ މަަސައްކަތަކުން އަޅުގަނޑުމެން ނުހުއްޓުވޭނެ.

– ރައީސް ޔާމީން ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލްގެ ނަމުގައި ބިލެއް މިހާރު އެވަނީ ޑްރާފްޓް ވެސް ކޮށްފައެވެ. އެ ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް އޮތީ ހިމަނާފައެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.