ތިން ދާއިރާއެއްގައި ބައި-އިލެކްޝަން ބާއްވަން އިއުލާންކޮށްފި

ތިން ދާއިރާއެއްގައި ބައި-އިލެކްޝަން ބާއްވަން އިއުލާންކޮށްފި

Author
މުޙައްމަދު ޖިމީ
09 ފެބްރުއަރީ 2022 11:40
0

ތިން ދާއިރާއެއްގައި ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވަނީ ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބު ބޭއްވުމަށާއި، ފ. ނިލަންދޫ އާއި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށެވެ.

ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބެއް ބާއްވަނީ ކައުންސިލްގެ ރަައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަ މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މި ތިން ދާއިރާގައިވެސް ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މާރިޗް މަހުގެ 26 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

މިދިޔަ ހޮނިހިރު ދުވަހުވެސް އިލެކްޝަންސް ކޮމިޝަނުން 3 ބައި-އިލެކްޝަނެއް ބާއްވާފައިވެއެވެ. އެއީ ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބާއި، ތ.ވިލުފުއްޓާއި ގއ.ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.