ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަމުގެ ހުވައި މުޙައްމަދު ރާޝިދު ކުރައްވައިފިއެވެ.
މިއަދު ހެނދުނު މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޙުސްނުއްސުޢޫދެވެ. މެންބަރުކަމުގެ ހުވައި ކުރެއްވުމަށްފަހު ރާޝިދު ވަނީ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ރާޝިދު ހުވައިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މެންބަރުކަމުގެ ހުވައި ކުރެއްވުމަށްފަހު ރާޝިދު ވަނީ މިއަދު އޮތް މަޖިލީހުގެ ޖަލްސާގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
ވާދަވެރިކޮށް ކުރިއަށްދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ރާޝިދު ކާމިޔާބުކުރެއްވީ 240 ވޯޓްގެ ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.
މިއިންތިޚާބު ރާޝިދު ކާމިޔާބް ކުރެއްވީ 1،441 ވޯޓުންނެވެ. އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހާންނާން އިދުރީސްއަށް ލިބިވަޑައިގަތީ 323 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލުކުރާ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.
ކޮމެންޓު ފޮނުވާ